Header Ads

ޢީދު އުފާ ޝޯވ އަށް ސުނީތާ ކުމުންދޫއަށް އަތުވެއްޖެ

މިއަދު 10.45 ހާއިރު ޢީދު އުފާ ޝޯވ އަށް ސުނީތާ ޢަލީ ކުމުންދޫއަށް އަތުވެއްޖެއެވެ. ސުނީތާއަށް މަރުޙަބާކިޔުމުގެ ގޮތުން ގިނަ ބަޔަކު ބަނދަރަށް ގޮސްފައިވެއެވެ.
ސުނީތާއެކު "ޢީދު އުފާ ޝޯވ" ފެށިގެންދަނީ މިރޭ 9 ޖަހާއިރު ކުމުންދޫ ސްޓޭޖްގައެވެ.

ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން ކުމުންދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިއަދު ޢީދު ނަމާދަށްފަހު "ޢީދު ސައި" ވެސް ބާއްވާފައިވެއެވެ.

No comments