Header Ads

ޘާނަވީ ގަދަ 10 ގައި ކުމުންދޫ 3 ދަރިވަރަކު ހިމެނިއްޖެ

2016 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ކުމުންދޫ 3 ދަރިވަރަކު ހިމެނިއްޖެއެވެ. މިގޮތުން މިދަރިވަރުން ޘާނަވީ ގަދަ 10 ގެ 2 ވަނަ، 6 ވަނަ، 8 ވަނާގައި ހިމެނިފައިވެއެވެ.

ޘާނަވީ ގަދަ 10 ގެ 2 ވަނާގައި ހިމެނިފައިވަނީ ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ތަޢުލީމް ޙާސިލްކުރި މިރަށު މަލަސް އަމަޠުﷲ މޫސާ އެވެ. ޘާނަވީ ގަދަ 10 ގެ 6 ވަނާގައި ހިމެނިފައިވަނީ ހުޅުމާލެ ޣާޒީ ސްކޫލުގައި ތަޢުލީމް ޙާސިލްކުރި މިރަށު ސޯސަންގެ ޔާމިން ޢަލީ އެވެ. ޘާނަވީ ގަދަ 10 ގެ 8 ވަނާގައި ހިމެނިފައިވަނީ މާލޭ އަމީނިއްޔާ ސްކޫލުގައި ތަޢުލީމް ޙާސިލްކުރި މިރަށު ނަފާ އަރޫޝާ ޙަސަން އެވެ.

މިދިޔަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުނަށް އިނާމް ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ ރޭ ދަރުބާރުގޭގައެވެ.

No comments