Header Ads

ކުޅުދުއްފުށްޓާއި ކުމުންދޫ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 1-1 ން އެއްވަރުވެއްޖެ

ކުޅުދުއްފުށްޓާއި ކުމުންދޫ ކުޅުނު ރަހުމަތްތެރިކަމުގެ ފުޓްބޯޅަ މެޗު 1-1 ން އެއްވަރުވެއްޖެއެވެ. މިމެޗްގައި ކުޅުދުއްފުށީ ޓީމުން ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. އަދި ކުމުންދޫ ޓީމުން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައެވެ.

މި މެޗްގައި ބައްދަލުކުރި ކުޅުދުއްފުށީ ޓީމްގައި ހިމެނެނީ މިނިވަން ޗެންޕިއަންޝިފް 2017 ގައި ކުޅޭ ކުޅުދުއްފުށީ ޓީމްގެ ކުޅުންތެރިންނެވެ. އަދި ކުމުންދޫ ޓީމްގައި ހިމެނެނީ ކުމުންދޫން ހޮވާލެވުނު ކުޅުންތެރިންނެވެ.

މި މެޗް ކުޅެފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރުއެވެ.

No comments