Header Ads

ކުމުންދޫ ސްކޫލްގެ ގުރުއާން ކިޔެވުމުގެ މުބާރާތް ނިމިއްޖެ

ކުމުންދޫ ސްކޫލްގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1438 ނިމިއްޖެއެވެ. މި މުބާރާތުގައި 101 ދަރިވަރަކު ބައިވެރިވެފައިވާއިރު މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ދުވާލު ވަގުތުގައި ކުމުންދޫ ސްކޫލްގައެވެ.

މިމުބާރާތް ކުރިއަށްގެންގޮސްފައިވަނީ 5 ގްރޫޕްކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 10 ން 7 އާދެމެދު ދަރިވަރުން ހިމެނޭ ގްރޫޕާއި ގްރޭޑް 6 ން 4 އާދެމެދު ދަރިވަރުން ހިމެނޭ ގްރޫޕާއި ގްރޭޑް 3 ން 2 އާދެމެދު ދަރިވަރުން ހިމެނޭ ގްރޫޕާއި ގްރޭޑް 1 ދަރިވަރުން ހިމެނޭ ގްރޫޕާއި އެލް.ކޭ.ޖީ އާއި ޔޫ.ކޭޖީ އާދެމެދު ދަރިވަރުން ހިމެނޭ ގްރޫޕެވެ.

މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮފީގެ ކިޔެވުން ބާއްވާފައިވެއެވެ. މިގޮތުން ބަލައިގެން ކިޔުމުގެ ގޮފީގައި ހުރިހާ ގްރޫޕްތަކެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައިވަނީ އެލް.ކޭ.ޖީ އާއި ޔޫ.ކޭޖީއެވެ.

No comments