Header Ads

ކުމުންދޫ ކައުންސިލަށް އިންތިޚާބުވި ބޭފުޅުން ކައުންސިލަރުކަމުގެ ހުވާކުރައްވައިފި

ހދ.އަތޮޅު ކުމުންދޫ ކައުންސިލަށް އިންތިޚާބުވި ތިން ބޭފުޅުން ކައުންސިލަރުކަމުގެ ހުވާ ކުރައްވައިފިއެވެ. ކައުންސިލަރުކަމުގެ ހުވާކުރައްވާފައިވަނީ މިރަށު ނަޞްރުއްޞަބާ ޢަލީ ޤާސިމް އާއި މިރަށު ސެލްވިޔޯ އަމީން މުޙައްމަދު އާއި މިރަށު އިރުފާ ޢަލީ އަންވަރު އެވެ.

މިއަދު ހެނދުނު ކުމުންދޫ ސްކޫލް ހޯލުގައި ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކައުންސިލަރުކަމުގެ ހުވާލައިދެއްވީ ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސްމެޖިސްޓްރޭޓް އިބްރާހީމް ޢަބްދުލްވާޙިދުއެވެ.

ކައުންސިލަރުން ހުވާކުރެއްވުމަށްފަހު ބޭއްވި ކުމުންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކުމުންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ހޮވިފައިވަނީ އަމީން މުޙައްމަދުއެވެ. އަދި ކުމުންދޫ ކައުންސިލްގެ ނައިބް ރައީސްގެ މަޤާމަށް ހޮވިފައިވަނީ ޢަލީ ޤާސިމްއެވެ.

No comments