Header Ads

ފުޓްސަލް މުބާރާތަށް ކުލަބު ސަމާގެ ކުޅިވަރު އެކުވެނި އިތުރަށް ތަރައްޤީކުރަނީ

ކުލަބު ސަމާއިން "ސަމާ ޢީދު ޗެލެންޖް ކަޕް 2017" ނަމުގައި ކުމުންދޫގައި ބާއްވާ ފުޓްސެލް މުބާރާތަށް އަމާޒުކުރެވިގެން ކުލަބު ސަމާގެ ކުޅިވަރު އެކުވެނި އިތުރަށް ތަރައްޤީކުރަމުންދާކަމަށް ކުލަބު ސަމާއިން ވިދާޅުވެއްޖެއެވެ.

ކުލަބު ސަމާގެ ނައިބް ރައީސް ފަރުޙާން ޢަބްދުލްޙަމީދު ވިދާޅުވީ "ކުޅިވަރު އެކުވެނި މިދަނީ އިތުރަށް ތަރައްޤީ ކުރަމުން. މިގޮތުން ކުޅިވަރު އެކުވެނީގެ އިރުމަތީ ފާރުގެ ބައެއް ތަޅާލައި ފެންސް ޖެހުމުގެ މަސައްކަތް މިދަނީ. އަދި ކުޅިވަރު އެކުވެނީގެ އުތުރު ފަރާތުގައިވެސް ފެންސް ޖެހުމުގެ މަސައްކަތް މިދަނީ. އެއީ ކުޅިވަރުތައް ކުޅެމުންދާއިރު އާންމުންނަށް ފަސޭހަކަމާއެކު ބަލަންތިބެވޭގޮތަށް. މިމަސައްކަތް އަމާޒުކުރެވިފައިވަނީ ފުޓްސަލް މުބާރާތަށް." ކަމަށެވެ.

މީގެ އިތުރުން ފަރްޙާން ޢަބްދުލްޙަމީދު ވިދާޅުވީ ކުލަބު ސަމާ ކުޅިވަރު އެކުވެނި އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްދަނީ ބޮޑު ޚަރަދެއްކޮށްގެންކަމަށާއި މިކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް ކުލަބު ސަމާއިން ޝުކުރުއަދާކުރާކަމަށެވެ.

No comments