Header Ads

ކުޑަކުދިންގެ ދުވަހު ކުޑަކުއްޖެއްގެ އިލްތިމާސް

ލިޔުނީ: މޫސާ ޙަސަން
ރާގު: ލޯބިވާ މަންމާ މަގޭ ....
      
ލޯބިވާ ތިޔައެކުވެރިން މި ލަފާ އަހަން ތައްޔާރުވޭ!
                         ލޯބިވާތީ ބުނެދެމޭ ހެޔޮބަސް އަހަން ތައްޔާރުވޭ!
                                                                         ޔާރާ.... އާ
*********************
ލޯބިވާ ޤައުމަށްޓަކާ ޚިދުމަތްކުރަން ތައްޔާރުވޭ
               ލޯބިވެތި މާތްދީނުގައި ސާބިތުވުމަށް ތައްޔާރުވޭ!
ލޯބިލޯބިން ފަސްވަގުތު ގޮސް މިސްކިތަށް އެރުމާއެކީ
                 ލޯބިވާ  ﷲ އަށް  ކުއްތަންވުމަށް  ތައްޔާރުވޭ!
                               ލޯބިވާ ތިޔަ އެކުވެރިން.......
ލޯބިވާ މާތް މަންމައާ އަދި ބައްޕައަށް ކިޔަމަންވެގެން
                         ލޯބި ލިބެވޭ ފޮނި ނަތީޖާ  ހޯދުމަށް ތައްޔާރުވޭ!
ލޯބިވާ ހެޔޮ ބޭބެއާ ދައްތަގެ ބަހަށް އިސްކަންދެމުން
                       ލޯބި މާމަގެ ބަސްއަހާ ކާފަގެ ބަހަށް ތައްޔާރުވޭ!
                              ލޯބިވާ ތިޔަ އެކުވެރިން.......
ލޯބިދީ ކިޔަވައި އެދޭ އެދުރުންގެ ބަސް ކަނުލާއަހާ
                        ލޯބި ހޯދާ ދިރިއުޅެން ފަހިކަންމަތީ  ތައްޔާރުވޭ!
ލޯބިވާ ވަޒަނަށް  ޤަދަރުކުރުމާ އެކީގާ  އިސްނަގާ
                       ލޯބިވާ ވަޠަނަށްޓަކާ ޤުރުބާންވުމަށް  ތައްޔާރުވޭ!
                                                ލޯބިވާ ތިޔަ އެކުވެރިން.......

އެޑިޓަރުގެ ނޯޓް:

މިލިޔުން ލިޔުއްވާފައިވަނީ ދިވެހި މުދައްރިސް މޫސާ ޙަސަން އެވެ. މިބޭފުޅާއަކީ ކިޔަވައިދިނުމުގެ ދާއިރާއިންނާއި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.


No comments