Header Ads

ބަނދަރު ނެރުގެ ޙާލަތު ހުރިގޮތުން މާލެ ދާންތިބި މީހުންނަށް ފުރޭ ގޮތެއް ނުވި

މިރޭ ކުޅުދުއްފުށިން ފުރާ ބޯޓަކުން މާލެ ދާންތިބި ކުމުންދޫ ބައެއް މީހުންނަށް ކުމުންދޫ ބަނދަރު ނެރު ގަދަވުމުގެ ސަބަބުން ކުމުންދޫން ކުޅުދުއްފުށްޓަށް ދަތުރު ކުރެވޭނެގޮތެއް މިއަދު ނުވިއެވެ. މި މީހުން ތިބީ ޓިކެޓް ނަގައި ހަދިޔާބަދިޔާ ތައްޔާރުކޮށްގެންކަމަށް ބުނެއެވެ. އަދި މީގެ ތެރެއިން ބައެއް މީހުން މާލެ ދާން އުޅެނީ ވަޒީފާއަށް ނުކުންނަންޖެހޭތީކަމަށް ވެސް ބުނެއެވެ.

ދަތުރު ނުކުރެވުނު މީހަކު ބުނީ "މިއަދަކީ އެހެން ދުވަސް ދުވަހާ ޚިލާފަށް ކަނޑު ގަދަ، ވައި ގަދަ، ދޭތެރެ ދޭތެރެއިން ވާރޭ ވެހޭ ދުވަހެއް. މިހެންވިޔަސް ކަނޑު އުޅަނދުތަކުން ދަތުރުކުރޭ. އެހެންނަމަވެސް ކުމުންދޫން ދަތުރެއް ކޮށްދޭން ބުނީމާ މި ބުނަނީ ކުމުންދޫ ބަނދަރަށް މިކަހަލަ ދުވަހަކު އަދި އަމުދުން ވަންނާކަށް ނުކެރޭނޭ. މިހެންކަމުން އެއްވެސް ކަނޑު އުޅަނދަކުން ކުމުންދޫން ދަތުރުކޮށްދޭން އެއްބަހެއް ނުވި. އެއީ ބަނދަރު ނެރު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމާއެކު ބަނދަރަށް ވަދެ ނުކުމެ އުޅެން ދަތިވާނެތީޔޯ" އެވެ.

މިރޭ 7.30 ހާއިރު ދަތުރު ނުކުރެވުނު މީހަކު ބުނީ މޫސުން ގޯސް ނަމަވެސް ކުޅުދުއްފުށީ ބޯޓް އަދި އޮތީ މާލެ ފުރާގޮތަށް ކަމަށާއި އެހެންނަމަވެސް އެއްވެސް ކަނޑު އުޅަނދަކުން ކުމުންދޫ ބަނދަރަށް ވަންނާން ނުކެރިގެން ކުމުންދޫން ކުޅުދުއްފުށްޓަށް ދަތުރުކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

No comments