Header Ads

ޢީދު އުފާ ބަށި މުބާރާތް 2017ގެ ޗެންޕިއަންކަން ހިތްވަރު ބަށި ޓީމް ހޯދައިފި

ޢީދު އުފާ ބަށި މުބާރާތް 2017 ގެ ފައިނަލް މެޗްގައި ހިތްވަރު ބަށި ޓީމާއި ހަބޭސް ބަށި ޓީމް ބައްދަލުކޮށް ހަބޭސް ބަށި ޓީމް ބަލިކޮށް މި މުބާރާތުގެ ޗެންޕިއަންކަން ހިތްވަރު ބަށި ޓީމް ހޯދައިފިއެވެ.

މިއަދު ހަވީރު ސްކޫލް ބޯޅަ ދަނޑުގެ އިރުމަތީ ފަރާތުގައި އޮންނަ ހުސްބިމުގައި ކުރިއަށްދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗަށް ފަހު އެކިވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ތަށްޓާއި ހަނދާނީލިޔުން ދީފައިވެއެވެ. މިގޮތުން މި ބަށި މުބާރާތުގައި އެންމެ މޮޅު ޖެހުންތެރިޔާ އަދި އެންމެ މޮޅު ހިފުންތެރިޔާ އަދި މުބާރާތުގެ ރާނީކަމަށް ހޮވިފައިވަނީ ހިތްވަރު ބަށި ޓީމްގެ ކުޅުންތެރިޔާ ނާހިދާ މޫސާއެވެ.

މި ބަށި މުބާރާތުގައި 3 ޓީމް ބައިވެރިވެފައިވާއިރު އެއްވަނަ ޓީމަކަށް ހިތްވަރު ބަށި ޓީމް ހޮވުނުއިރު ދެވަނަ ޓީމަކަށް ހޮވިފައިވަނީ ހަބޭސް ބަށި ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ރޫޙް ބަށި ޓީމެވެ.

މި ބަށި މުބާރާތުގެ މެޗްތައް 25 ޖޫން 2017 ން 28 ޖޫން 2017 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި މުބާރާތް އިންތިޒާމްކޮށްފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

No comments