Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017: ދެވަނަ ދުވަސް

އެފް.ސީ އުލްފަތު - އެފް.ސީ ބީޗް ސިޓީ (އަށްވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ އަށްވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެފް.ސީ އުލްފަތު އާއި އެފް.ސީ ބީޗް ސިޓީ އެވެ. މިމެޗް 0-6 ކާމިޔާބުކުރީ އެފް.ސީ ބީޗް ސިޓީ އެވެ.
އެފް.ސީ ބީޗް ސިޓީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 8 މުޙައްމަދު އާދަމް (1 ލަނޑު) އާއި ޖާޒީ ނަންބަރު 10 ހަމްދާން ޙުސައިން (1 ލަނޑު) އާއި ޖާޒީ ނަންބަރު 19 ސިނާން އިބްރާހީމް (3 ލަނޑު) އާއި ޖާޒީ ނަންބަރު 4 ޙުސައިން ޙަސަން (1 ލަނޑު)  އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އެފް.ސީ ބީޗް ސިޓީގެ ޖާޒީ ނަންބަރު 19 ސިނާން އިބްރާހީމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ނައިބް ރައީސް ޢަލީ ޤާސިމް އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
----------------
އެސް.ޕީ.އޯ - ލަޔަން (ހަތްވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ހަތްވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެސް.ޕީ.އޯ އާއި ލަޔަން އެވެ. މިމެޗް 4-0 ކާމިޔާބުކުރީ ލަޔަން އެވެ.
ލަޔަންގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު (3 ލަނޑު) އާއި ޖާޒީ ނަންބަރު 12 ޢަލީ މަލާޒް (1 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 21 ޢަބްދުﷲ ޙަސަން އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ލަޔަންގެ ޖާޒީ ނަންބަރު 12 ޢަލީ މަލާޒް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލް އަންވާރުގެ އިމާމް (ކުރީގެ ކުލަބު ސަމާގެ ރައީސް) އަޙްމަދު ރަޝީދު އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
-----------------
ޒީރު ސްޕޯޓްސް - ފައްސިޔަ (ހަވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ހަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ ޒީރު ސްޕޯޓްސް އާއި ފައްސިޔަ އެވެ. މިމެޗް 1-7 ކާމިޔާބުކުރީ ޒީރު ސްޕޯޓްސް އެވެ.
ޒީރު ސްޕޯޓްސްގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 21 ސުހެއިލް ޢަބްދުލްޤައްޔޫމް (1 ލަނޑު) އާއި ޖާޒީ ނަންބަރު 3 ޝަފީއު ޙަސަން (1 ލަނޑު) އާއި ޖާޒީ ނަންބަރު 5 ނަސްރުﷲ އާދަމް (5 ލަނޑު) އެވެ.
ފައްސިޔަގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 8 ޒައިދު ޢަބްދުލްކަރީމް (1 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 12 އަންވަރު ސާދާތު އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ޒީރު ސްޕޯޓްސްގެ ޖާޒީ ނަންބަރު 5 ނަސްރުﷲ އާދަމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ އަކަސޭލްގެ ވެރިޔާ އާމިރު މުޙައްމަދު އެވެ.
މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.

------------------
އަލް މޫމަތި - ބޫތް ކަންމަތި (ފަސްވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ފަސްވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އަލް މޫމަތި އާއި ބޫތް ކަންމަތި އެވެ. މިމެޗް 3-0 ކާމިޔާބުކުރީ ބޫތް ކަންމަތި އެވެ.
ބޫތު ކަންމަތީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 80 އިބްރާހީމް ރަމީޒް (2 ލަނޑު) އާއި ޖާޒީ ނަންބަރު 11 މުޙައްމަދު ޢަލީ (1 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 44 ނަސްރުﷲ ޢަލީ އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ބޫތް ކަންމަތީގެ ޖާޒީ ނަންބަރު 10 ފުރުޤާން ޢަބްދުލް ޙަމީދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލް އަންވަރުގެ އިމާމް އަޙްމަދު ރަޝީދު އެވެ.
މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.


No comments