Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017: ސެމީ ފައިނަލް

ސެމީ ފައިނަލްގެ ދެވަނަ މެޗް
ލަޔަން - ޒީރު ސްޕޯޓްސް
މި މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗްގައި ބައްދަލުކުރީ ލަޔަން އާއި ޒީރު ސްޕޯޓްސް އެވެ. މިމެޗް 2-0 ކާމިޔާބުކުރީ ލަޔަން އެވެ.
ލަޔަން އިން ޖެހި ދެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 19 މަންސޫރު މުޙައްމަދު އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 12 ޢަލީ މަލާޒް އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ލަޔަންގެ ޖާޒީ ނަންބަރު 11 ޢަލީ ޙަސަން އެވެ. މޭން އޮފް ދި މެޗްގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ޔޫތް ސްޕޯޓްސްގެ މެންބަރު އިބްރާހީމް އަބްދުލް ކަރީމް އެވެ.
މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބު ސަމާ ކުޅިވަރު އެކުވެނީގައެވެ.
--------------------------------
ސެމީ ފައިނަލްގެ ފުރަތަމަ މެޗް
އެފް.ސީ ބީޗް ސިޓީ - ބޫތް ކަންމަތި
މި މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗްގައި ބައްދަލުކުރީ އެފް.ސީ ބީޗް ސިޓީ އާއި ބޫތް ކަންމަތިއެވެ. މިމެޗް 1-0 ކާމިޔާބުކުރީ އެފް.ސީ ބީޗް ސިޓީއެވެ.
އެފް.ސީ ބީޗް ސިޓީގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 19 ސިނާން އިބްރާހީމް އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 4 ޙުސައިން ޙަސަން އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ބޫތް ކަންމަތީގެ ޖާޒީ ނަންބަރު 88 ހުޝާމް އިބްރާހީމްއެވެ. މޭން އޮފް ދި މެޗްގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުލަބު ސަމާގެ ކުރީގެ ކުޅިވަރު ސެކްރެޓަރީ މުސްތަފާ ޙަސަންއެވެ.

މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބު ސަމާ ކުޅިވަރު އެކުވެނީގައެވެ.

No comments