Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017: ފަސްވަނަ ދުވަސް

ލަޔަން - ބޫތް ކަންމަތި (މެޗް 20 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ވިހިވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ ލަޔަން އާއި ބޫތް ކަންމަތި އެވެ. މިމެޗް 2-1 ކާމިޔާބުކުރީ ލަޔަން އެވެ.
ލަޔަން އިން ޖެހި ދެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު އެވެ.
ބޫތް ކަންމަތީގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 80 އިބްރާހީމް ރަމީޒް އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ލަޔަންގެ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުލަބު ސަމާގެ މެންބަރު ޔޫސުފް ޢަލީ އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
----------------------
އެފް.ސީ ބީޗް ސިޓީ - ފައްސިޔަ (މެޗް 19 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ނަވާރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެފް.ސީ ބީޗް ސިޓީ އާއި ފައްސިޔަ އެވެ. މިމެޗް 6-0 ކާމިޔާބުކުރީ އެފް.ސީ ބީޗް ސިޓީ އެވެ.
އެފް.ސީ ބީޗް ސިޓީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 12 އިބްރާހީމް އާދަމް (3 ލަނޑު) އާއި ޖާޒީ ނަންބަރު 19 ސިނާން އިބްރާހީމް (3 ލަނޑު) އެވެ.
މިމެޗްގައި ފައްސިޔަ ޓީމްގެ ޖާޒީ ނަންބަރު 7 އިބްރާހީމް މުޙައްމަދު އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އެފް.ސީ ބީޗް ސިޓީގެ ޖާޒީ ނަންބަރު 19 ސިނާން އިބްރާހީމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލް އަންވާރުގެ އިމާމް އަޙްމަދު ރަޝީދު އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
-----------------------------
އަލް ވަހުދަތު - އަލް މޫމަތި (މެޗް 18 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ އަށާރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އަލް ވަހުދަތު އާއި އަލް މޫމަތި އެވެ. މިމެޗް 4-3 ކާމިޔާބުކުރީ އަލް މޫމަތި އެވެ.
އަލް ވަހުދަތުގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 21 މުޙައްމަދު ސިރާޖް (1 ލަނޑު) އާއި ޖާޒީ ނަންބަރު 7 އާދަމް ޝަރީފް (1 ލަނޑު) އާއި ޖާޒީ ނަންބަރު 10 އިބްރާހީމް ޢަބްދުލް ވާހިދު (1 ލަނޑު) އެވެ.
އަލް މޫމަތީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 13 ޝާހީން ޢަލީ (2 ލަނޑު) އާއި ޖާޒީ ނަންބަރު 17 މުޙައްމަދު ފާޠިހް (2 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 16 އިދުރީސް ހަލީމް އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އަލް މޫމަތީގެ ޖާޒީ ނަންބަރު 17 މުޙައްމަދު ފާޠިހް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ބުލޫ ބުލިސް ކެފޭގެ ވެރިޔާ އިބްރާހީމް ޝަރީފް އެވެ.
މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
-------------------
އައްޓޯ އެފް.ސީ - ޒީރު ސްޕޯޓްސް (މެޗް 17 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ސަތާރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އައްޓޯ އެފް.ސީ އާއި ޒީރު ސްޕޯޓްސް އެވެ. މިމެޗް 1-2 ކާމިޔާބުކުރީ ޒީރު ސްޕޯޓްސް އެވެ.
އައްޓޯ އެފް.ސީގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 37 ހުސްނީ މުބާރަކް އެވެ.
ޒީރު ސްޕޯޓްސްގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 3 ޝަފީއު ޙަސަން (1 ލަނޑު) އާއި ޖާޒީ ނަންބަރު 5 ނަސްރުﷲ އާދަމް (1 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ޒީރު ސްޕޯޓްސް ގެ ޖާޒީ ނަންބަރު 5 ނަސްރުﷲ އާދަމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުރީގެ ކުމުންދޫ ކުޑަ ކަތީބު ސަޢީދު އަޙްމަދު އެވެ.

މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.

No comments