Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017: ހަތަރުވަނަ ދުވަސް

އެފް.ސީ އުލްފަތު - ފައްސިޔަ (މެޗް 16 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ސޯޅަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެފް.ސީ އުލްފަތު އާއި ފައްސިޔަ އެވެ. މިމެޗް 8-2 ކާމިޔާބުކުރީ ފައްސިޔަ އެވެ.
އެފް.ސީ އުލްފަތުގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 9 އަޙްމަދު ވަލީދު (1 ލަނޑު) އާއި ޖާޒީ ނަންބަރު 11 އާދަމް ޝަރީފް (1 ލަނޑު) އެވެ.
ފައްސިޔަގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 12 އަންވަރު ސާދާތު (1 ލަނޑު) އާއި ޖާޒީ ނަންބަރު 71 ޖަވާދު މުސްތަފާ (2 ލަނޑު) އާއި ޖާޒީ ނަންބަރު 8 ޒައިދު އަބްދުލް ކަރީމް (2 ލަނޑު) އާއި ޖާޒީ ނަންބަރު 5 އިބްރާހީމް ރަމީޒް (3 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ފައްސިޔަގެ ޖާޒީ ނަންބަރު 8 ޒައިދު އަބްދުލް ކަރީމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
----------------------
އެސް.ޕީ.އޯ - ބޫތް ކަންމަތި (މެޗް 15 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ފަނަރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެސް.ޕީ.އޯ އާއި ބޫތް ކަންމަތި އެވެ. މިމެޗް 0-5 ކާމިޔާބުކުރީ ބޫތް ކަންމަތި އެވެ.
ބޫތު ކަންމަތީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 80 އިބްރާހީމް ރަމީޒް (3 ލަނޑު) އާއި ޖާޒީ ނަންބަރު 10 ފުރުޤާން ޢަބްދުލް ޙަމީދު (1 ލަނޑު) އާއި ޖާޒީ ނަންބަރު 7 އިބްރާހީމް ރަމީޒް (1 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ބޫތު ކަންމަތީގެ ޖާޒީ ނަންބަރު 10 ފުރުޤާން ޢަބްދުލް ޙަމީދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލް އަންވާރުގެ އިމާމް އަޙްމަދު ރަޝީދު އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
----------------------------
އެފް.ސީ ބީޗް ސިޓީ - އައްޓޯ އެފް.ސީ (މެޗް 14 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ސާދަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެފް.ސީ ބީޗް ސިޓީ އާއި އައްޓޯ އެފް.ސީ އެވެ. މިމެޗްގެ ނަތީޖާއަކީ 0-0 އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އައްޓޯ އެފް.ސީގެ ޖާޒީ ނަންބަރު 11 އަބޫބަކުރު އިބްރާހީމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ އޯލް ނީޑްސް ގެ ވެރިޔާ ޢަލީ ނަސީރު އެވެ.
މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
--------------------------
ލަޔަން - އަލް ވަހުދަތު (މެޗް 13 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ތޭރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ ލަޔަން އާއި އަލް ވަހުދަތު އެވެ. މިމެޗް 6-1 ކާމިޔާބުކުރީ ލަޔަން އެވެ.
ލަޔަންގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު (4 ލަނޑު) އާއި ޖާޒީ ނަންބަރު 12 ޢަލީ މަލާޒް (1 ލަނޑު) އާއި ޖާޒީ ނަންބަރު 9 ފާއިޤް އަޙްމަދު މުފީދު (1 ލަނޑު) އެވެ.
އަލް ވަހުދަތުގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 9 އަޙްމަދު އަބޫބަކުރު އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ލަޔަންގެ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލް އަންވާރުގެ އިމާމް އަޙްމަދު ރަޝީދު އެވެ.

މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.

No comments