Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017: ތިންވަނަ ދުވަސް

އެސް.ޕީ.އޯ - އަލް މޫމަތި (މެޗް 12 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ބާރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެސް.ޕީ.އޯ އާއި އަލް މޫމަތި އެވެ. މިމެޗް 4-2 ކާމިޔާބުކުރީ އަލް މޫމަތި އެވެ.
އެސް.ޕީއޯގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 11 ޙުސައިން ޢަލީ (1 ލަނޑު) އާއި ޖާޒީ ނަންބަރު 8 އަޙްމަދު ޢަލީ (1 ލަނޑު) އެވެ.
އަލް މޫމަތީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 15 އިނާޔަތުﷲ އަބްދުލް ނާސިރު (1 ލަނޑު) އާއި ޖާޒީ ނަންބަރު 17 މުޙައްމަދު ފާތިހް (1 ލަނޑު) އާއި ޖާޒީ ނަންބަރު 13 ޢަބްދުﷲ ނައީމް (1 ލަނޑު) އާއި ޖާޒީ ނަންބަރު 14 މުޙައްމަދު ޝާފީ (1 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 13 ޢަބްދުﷲ ނައީމް އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އަލް މޫމަތީގެ ޖާޒީ ނަންބަރު 8 ޙަސަން ރަޝީދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ އަކަސޭލްގެ ވެރިޔާ އާމިރު މުޙައްމަދު އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
---------------------
ޒީރު ސްޕޯޓްސް - އެފް.ސީ އުލްފަތު (މެޗް 11 - ގްރޫޕް ސްޓޭޖް)
މިމުބާރާތުގެ އެގާރަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ ޒީރު ސްޕޯޓްސް އާއި އެފް.ސީ އުލްފަތު އެވެ. މިމެޗް 7-0 ކާމިޔާބުކުރީ ޒީރު ސްޕޯޓްސް އެވެ.
ޒީރު ސްޕޯޓްސްގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 21 ސުހެއިލް ޢަބްދުލް ޤައްޔޫމް (2 ލަނޑު) އާއި ޖާޒީ ނަންބަރު 3 ޝަފީޢު ޙަސަން (2 ލަނޑު) އާއި ޖާޒީ ނަންބަރު 5 ނަސްރުﷲ އާދަމް (3 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ޒީރު ސްޕޯޓްސްގެ ޖާޒީ ނަންބަރު 5 ނަސްރުﷲ އާދަމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލްއަންވާރުގެ އިމާމް އަޙްމަދު ރަޝީދު އެވެ.
މިމެޗް ކުޅެފައިވަނީ މިރޭ ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
--------------------
ބޫތް ކަންމަތި - އަލް ވަހުދަތު (މެޗް 10 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ދިހަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ ބޫތް ކަންމަތި އާއި އަލް ވަހުދަތު އެވެ. މިމެޗް 4-0 ކާމިޔާބުކުރީ ބޫތް ކަންމަތި އެވެ.
ބޫތް ކަންމަތީގެ ލަނޑުތައް ޖަހާދީފައިވަނީ ޖާޒީ ނަންބަރު 10 ފުރުޤާން ޢަބްދުލް ޙަމީދު (1 ލަނޑު) އާއި ޖާޒީ ނަންބަރު 6 މުޙައްމަދު ލަބީބް (1 ލަނޑު) އާއި ޖާޒީ ނަންބަރު 5 ނައުފަލް އިބްރާހީމް (2 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 11 މުޙައްމަދު ޢަލީ އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.
މިމެޗްގައި އަލް ވަހުދަތުގެ ޖާޒީ ނަންބަރު 36 ޔޫސުފް އަބޫބަކުރު އާއި ޖާޒީ ނަންބަރު 9 އަޙްމަދު އަބޫބަކުރު އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ބޫތް ކަންމަތީގެ ޖާޒީ ނަންބަރު 80 އިބްރާހީމް ރަމީޒް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ އަކަސޭލްގެ ވެރިޔާ އާމިރު މުޙައްމަދު އެވެ.
މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.
--------------------------
އައްޓޯ އެފް.ސީ - ފައްސިޔަ (މެޗް 9 - ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ނުވަވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އައްޓޯ އެފް.ސީ އާއި ފައްސިޔަ އެވެ. މިމެޗްގެ ނަތީޖާއަކީ 1-1 އެވެ.
އައްޓޯ އެފް.ސީގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 7 ނާސިފް ޙުސައިން އެވެ.
ފައްސިޔަގެ ލަނޑު ޖަހާދީފައިވަނީ ޖާޒީ ނަންބަރު 5 އިބްރާހީމް ރަމީޒް އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އައްޓޯ އެފް.ސީގެ ޖާޒީ ނަންބަރު 37 ހުސްނީ މުބާރަކް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ އަކަސޭލްގެ ވެރިޔާ އާމިރު މުޙައްމަދު އެވެ.

މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ކުލަބް ސަމާ ކުޅިވަރު އެކުވެނީގައެވެ.

No comments