Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017: ފުރަތަމަ ދުވަސް

އަލް ވަހުދަތު - އެސް.އޯ.ޕީ (ހަތަރުވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ހަތަރުވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އަލް ވަހުދަތު އާއި އެސް.އޯ.ޕީ އެވެ. މިމެޗްގެ ނަތީޖާއަކީ 2-2 އެވެ.
އަލް ވަހުދަތުގެ ލަނޑުތައް ޖަހާދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރު 23 މުޢާޒު އަޙްމަދު (1 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 9 އަޙްމަދު އަބޫބަކުރު (1 ލަނޑު) އެވެ.
އެސް.އޯ.ޕީގެ ލަނޑުތައް ޖަހާދީފައިވަނީ އެ ޓީމްގެ ޖާޒީ ނަންބަރު 23 ފަރުޙާން ޢަބްދުލް ޙަމީދު (2 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އެސް.އޯ.ޕީގެ ޖާޒީ ނަންބަރު 23 ފަރުޙާން ޢަބްދުލް ޙަމީދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ނައިބް ރައީސް ޢަލީ ޤާސިމް އެވެ.
--------------
އައްޓޯ އެފް.ސީ - އެފް.ސީ އުލްފަތު (ތިންވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ތިންވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އައްޓޯ އެފް.ސީ އާއި އެފް.ސީ އުލްފަތު  އެވެ. މިމެޗް 5-3 ކާމިޔާބުކުރީ އައްޓޯ އެފް.ސީ އެވެ.
އައްޓޯ އެފް.ސީގެ ލަނޑުތައް ޖަހާދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރު 99 މާހިދު ޢަބްދުއްރައްޒާޤް (1 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 7 ނާސިފް ޙުސައިން (2 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 37 ހުސްނީ މުބާރަކް (1 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 25 އިބްރާހީމް މުޙައްމަދު (1 ލަނޑު) އެވެ.
އެފް.ސީ އުލްފަތުގެ ލަނޑުތައް ޖަހާދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރު 7 މުޙައްމަދު ޝަނީޒް (3 ލަނޑު) އެވެ. މިމެޗްގައި މިޓީމްގެ ޖާޒީ ނަންބަރު 14 އަޙްމަދު މުޙައްމަދު އަށް ރީދޫ ކާޑެއް ދައްކާފައިވެއެވެ.  
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އެފް.ސީ އުލްފަތުގެ ޖާޒީ ނަންބަރު 7 މުޙައްމަދު ޝަނީޒް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ މަސްޖިދުލް އައްވާރުގެ އިމާމް އަޙްމަދު ރަޝީދު އެވެ.
----------------------
ލަޔަން - އަލް މޫމަތި (ދެވަނަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ދެވަނަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ ލަޔަން އާއި އަލް މޫމަތި އެވެ. މިމެޗް 4-0 ކާމިޔާބުކުރީ ލަޔަން އެވެ.
ލަޔަންގެ ލަނޑުތައް ޖަހާދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު (3 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 10 އާދަމް ޝަރީފް (1 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ލަޔަންގެ ޖާޒީ ނަންބަރު 7 މުޙައްމަދު އިރުޝާދު އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އާދަމް އެވެ.
--------------
އެފް.ސީ ބީޗް ސިޓީ - ޒީރު ސްޕޯޓްސް (ފުރަތަމަ މެޗް-ގްރޫޕް ސްޓޭޖް):
މިމުބާރާތުގެ ފުރަތަމަ މެޗް (ގްރޫޕް ސްޓޭޖް) ގައި ބައްދަލުކުރީ އެފް.ސީ ބީޗް ސިޓީ އާއި ޒީރު ސްޕޯޓްސް އެވެ. މިމެޗް 4-0 ކާމިޔާބުކުރީ އެފް.ސީ ބީޗް ސިޓީއެވެ.
އެފް.ސީ ބީޗް ސިޓީގެ ލަނޑުތައް ޖަހާދީފައިވަނީ އެޓީމްގެ ޖ ޖާޒީ ނަންބަރު 8 މުޙައްމަދު އާދަމް (2 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 10 އާދަމް ޝަރީފް (1 ލަނޑު) އާއި އެ ޓީމްގެ ޖާޒީ ނަންބަރު 19 ޝިނާން އިބްރާހީމް (1 ލަނޑު) އެވެ.
މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އެފް.ސީ ބީޗް ސިޓީގެ ޖާޒީ ނަންބަރު 8 މުޙައްމަދު އާދަމް އެވެ. މޭން އޮފް ދި މެޗުގެ ޓްރޮފީ އާއި އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުއެވެ.
---------------

ސަމާ ޢީދު ޗެލެންޖް ކަޕް 2017 މިއަދު ހަވީރު 4 ޖެހިއިރު ފަށައިފިއެވެ. އަދި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުވެސް ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުޙައްމަދު އެވެ. މިރަސްމިއްޔާތަށް ފަހު މުބާރާތުގެ މެޗްތަކުގެ ކުޅުން ކުރިއަށް ގެންގޮސްފައިވެއެވެ.

No comments