Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017 ގެ ގުރުއަތުލުން ބާއްވައިފި

ފިޠުރު ޢީދުގައި ކުލަބު ސަމާއިން "ސަމާ ޢީދު ޗެލެންޖް ކަޕް 2017" ނަމުގައި ކުމުންދޫގައި ބާއްވާ ފުޓްސެލް މުބާރާތުގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުލަބު ސަމާގައެވެ. ނަމަވެސް ފަހުން ގެނައި ބަދަލަކާއެކު ތަފާތު ގޮތަކަށް މި މުބާރާތުގެ ގުރުއަތުލުން މިރޭ ބާއްވާފައިވަނީ ބުލޫ ބުލިސް ކެފޭގައި ކޮފީއަކާއެކުގައެވެ. މިހެންކަމުން ބުލޫ ބުލިސް ކެފޭއިން ވެދެއްވި އެހީތެރިކަމަށް ކުލަބު ސަމާއިން ޝުކުރުއަދާކުރާކަމަށް އެ ކުލަބު ބުނެއެވެ.

މިމުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، ޒީރު ސްޕޯޓްސް، ފައްސިޔަ، އަލް ވަޙްދަތު، އަލް މޫމަތި، އައްޓޯ އެފް.ސީ، ލަޔަން، އެސް.ޕީ.އޯ، ބޫތް ކަންމަތި، އެފް.ސީ އުލްފަތު އަދި އެފް.ސީ ބީޗް ސިޓީ އެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ގްރޫޕް: އޭ (ޒީރު ސްޕޯޓްސް، އެފް.ސީ ބީޗް ސިޓީ، އެފް.ސީ އުލްފަތު، އައްޓޯ އެފް.ސީ، ފައްސިޔަ)
§        ޒީރު ސްޕޯޓްސް - އެފް.ސީ ބީޗް ސިޓީ (25 ޖޫން 2017، 16.00)
§        އެފް.ސީ އުލްފަތު - އައްޓޯ އެފް.ސީ (25 ޖޫން 2017، 20.00)
§        ފައްސިޔަ - ޒީރު ސްޕޯޓްސް (26 ޖޫން 2017، 17.00)
§        އެފް.ސީ ބީޗް ސިޓީ - އެފް.ސީ އުލްފަތު (26 ޖޫން 2017، 21.00)
§        އައްޓޯ އެފް.ސީ - ފައްސިޔަ (27 ޖޫން 2017، 16.00)
§        ޒީރު ސްޕޯޓްސް - އެފް.ސީ އުލްފަތު (27 ޖޫން 2017، 20.00)
§        އެފް.ސީ ބީޗް ސިޓީ - އައްޓޯ އެފް.ސީ (28 ޖޫން 2017، 17.00)
§        އެފް.ސީ އުލްފަތު - ފައްސިޔަ (28 ޖޫން 2017، 21.00)
§        ޒީރު ސްޕޯޓްސް - އައްޓޯ އެފް.ސީ (29 ޖޫން 2017، 16.00)
§        އެފް.ސީ ބީޗް ސިޓީ – ފައްސިޔަ (29 ޖޫން 2017، 20.00)

ގުރޫޕް: ބީ (އަލް މޫމަތި، ލަޔަން، އެސް.ޕީ.އޯ، އަލް ވަޙްދަތު، ބޫތް ކަންމަތި)
§        އަލް މޫމަތި - ލަޔަން (25 ޖޫން 2017، 17.00)
§        އެސް.ޕީ.އޯ - އަލް ވަޙްދަތު (25 ޖޫން 2017، 21.00)
§        ބޫތް ކަންމަތި - އަލް މޫމަތި (26 ޖޫން 2017، 16.00)
§        ލަޔަން - އެސް.ޕީ.އޯ (26 ޖޫން 2017، 20.00)
§        އަލް ވަޙްދަތު - ބޫތް ކަންމަތި (27 ޖޫން 2017، 17.00)
§        އަލް މޫމަތި - އެސް.ޕީ.އޯ (27 ޖޫން 2017، 21.00)
§        ލަޔަން - އަލް ވަޙްދަތު (28 ޖޫން 2017، 16.00)
§        އެސް.ޕީ.އޯ - ބޫތް ކަންމަތި (28 ޖޫން 2017، 20.00)
§        އަލް މޫމަތި - އަލް ވަޙްދަތު (29 ޖޫން 2017، 17.00)
§        ލަޔަން - ބޫތް ކަންމަތި (29 ޖޫން 2017، 21.00)

ސެމީ ފައިނަލް (ފުރަތަމަ މެޗް)
§        ގްރޫޕް އޭ ގެ 1 ވަނަ ޓީމް - ގްރޫޕް ބީ ގެ 2 ވަނަ ޓީމް (30 ޖޫން 2017، 16.00)

ސެމީ ފައިނަލް (ދެވަނަ މެޗް)
§        ގްރޫޕް ބީ ގެ 1 ވަނަ ޓީމް - ގްރޫޕް އޭ ގެ 2 ވަނަ ޓީމް (30 ޖޫން 2017، 17.00)

ފައިނަލް
§   ސެމީފައިނަލް ފުރަތަމަ މެޗުން މޮޅުވި ޓީމް – ސެމީފައިނަލް ދެވަނަ މެޗުން މޮޅުވި ޓީމް (01 ޖުލައި 2017، 16.30) 
މެޗް ސެޑިއުލް ޑައުންލޯޑް ކުރެއްވުމަށް މިތަނަށް ކްލިކްކުރައްވާ!             

No comments