Header Ads

ޢީދު އުފާ ބަށި މުބާރާތް 2017 ގައި 3 ޓީމް ބައިވެރިވެފައިވޭ

ފިޠުރު ޢީދުގައި ކުމުންދޫގައި އަމިއްލަ ފަރާތަކުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޢީދު އުފާ ބަށި މުބާރާތް 2017" ގައި 3 ޓީމަކުން ބައިވެރިވެފައިވާކަމަށާއި ގުރުއަތުލުންވެސް ބާއްވައިފިކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ވިދާޅުވެއްޖެއެވެ.

މި ބަށި މުބާރާތް އިންތިޒާމްކުރާ ފަރާތުން ވިދާޅުވީ މި މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުން ފެށިގެންކަމަށެވެ. އަދި މިމުބާރާތުގެ މެޗްތައް ބާއްވާނެ ވަކި ތަނެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެ ފަރާތުން ވިދާޅުވެއެވެ.

މި ބަށި މުބާރާތް އިންތިޒާމްކުރާ ފަރާތުން ވިދާޅުވާގޮތުގައި މި ބަށި މުބާރާތުގައި ޖުމްލަ 3 ޓީމެއް ބައިވެރިވެފައިވާއިރު، އެއީ، ހިތްވަރު، ހަބޭސް އަދި ރޫޙް އެވެ. އަދި މި ބަށި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

§        ރޫޙް - ހިތްވަރު (25 ޖޫން 2017، 16.15)
§        ހަބޭސް - ރޫޙް (26 ޖޫން 2017، 16.15)
§        ހިތްވަރު - ހަބޭސް (27 ޖޫން 2017، 16.15)
§        ފައިނަލް (އެންމެ ގިނަ ޕްއިންޓް ލިބޭ ދެ ޓީމް) (28 ޖޫން 2017، 16.15)



No comments