Header Ads

ސެމީ ފައިނަލަށް ދަތުރުކުރީ އެފް.ސީ ބީޗް ސިޓީ، ޒީރު ސްޕޯޓްސް، ލަޔަން، ބޫތް ކަންމަތި

ސަމާ ޢީދު ޗެލެންޖް ކަޕް 2017ގެ ގްރޫޕް ސްޓޭޖްގެ 20 މެޗް ކުޅެ ނިމުމުނުއިރު މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އެފް.ސީ ބީޗް ސިޓީ އާއި ޒީރު ސްޕޯޓްސް އާއި ލަޔަން އަދި ބޫތް ކަންމަތި އެވެ.
މި މުބާރާތުގެ ގްރޫޕް އޭ އިން އެއްވަނަ ޓީމްގެ ގޮތުގައި އެފް.ސީ ބީޗް ސިޓީ ސެމީ ފައިނަލަށް ދަތުރު ކުރިއިރު ގްރޫޕް އޭ އިން ދެވަނަ ޓީމްގެ ގޮތުގައި ދަތުރުކުރީ ޒީރު ސްޕޯޓްސްއެވެ. މިމުބާރާތުގެ ގްރޫޕް ބީ އިން އެއްވަނަ ޓީމްގެ ގޮތުގައި ލަޔަން ސެމީ ފައިނަލަށް ދަތުރު ކުރިއިރު މިގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ދަތުރުކުރީ ބޫތް ކަންމަތިއެވެ.

މިހެންކަމުން މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެފް.ސީ ބީޗް ސިޓީ އާއި ބޫތް ކަންމަތިއެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ލަޔަން އާއި ޒީރު ސްޕޯޓްސްއެވެ. މިމެޗްތައް މާދަމާ ހަވީރު ކުލަބު ސަމާ ކުޅިވަރު އެކުވެނީގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ.

No comments