Header Ads

ސަމާ ޢީދު ޗެލެންޖް ކަޕްގައި މިއަހަރު 10 ޓީމު ބައިވެރިވެފައިވޭ. ގުރުއަތުލުން މިމަހު 20 ވަނަ ދުވަހު

ފިޠުރު ޢީދުގައި ކުމުންދޫގައި ކުލަބު ސަމާއިން "ސަމާ ޢީދު ޗެލެންޖް ކަޕް 2017" ނަމުގައި ބާއްވާ ފުޓްސަލް މުބާރާތުގައި 10 ޓީމަކުން ބައިވެރިވެފައިވާކަމަށާއި މިޓީމުތަކުގެ ގުރުއަތުލުން މިމަހު 20 ވަނަ ދުވަހުގެ ރޭ 9.30 ގައި ކުލަބު ސަމާގައި އޮންނާނެކަމަށް ކުލަބު ސަމާއިން ވިދާޅުވެއްޖެއެވެ.

ކުލަބު ސަމާގެ ކުޅިވަރު ސެކްރެޓަރީ ހުޝާމް އިބްރާހީމް ވިދާޅުވީ "ފުޓްސަލް މުބާރާތުގައި 10 ޓީމަކުން މިއަހަރު ބައިވެރިވެފައިވޭ. ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭނީ. ޓީމުތަކުގެ ގުރުއަތުލުން އޮންނާނީ މިމަހު 20 ވަނަ ދުވަހު ރޭ 9.30 ގަ ކުލަބު ސަމާގަ. މެޗްތައް ފަށާނީ ފުރަތަމަ ޢީދު ދުވަހުން ފެށިގެން." ކަމަށެވެ.

މީގެ އިތުރުން ހުޝާމް އިބްރާހީމް ވިދާޅުވީ މިފުޓްސަލް މުބާރާތުގެ މެޗްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުލަބު ސަމާ ކުޅިވަރު އެކުވެނީގައި ކަމަށެވެ. އަދި މި މުބާރާތުގެ މެޗްތައް ފުރަތަމަ ޢީދު ދުވަހު ފަށަން ހަމަޖެހިފައިވާއިރު، ކަމާގުޅޭ މަސައްކަތްތައް ވަރަށް ފޯރިއާއެކު އެ ކުލަބުން ކުރަމުންދާކަމަށެވެ.

No comments