Header Ads

ކުމުންދޫ ބަނދަރު ބައްތިތަކާއި މަގު ބައްތިތަކުން ކަރަންޓް ކަނޑާލައިފި

މިއަދު ފެނަކަ ކޯޕަރޭޝަން ހދ.ކުމުންދޫ ބްރާންޗުން ކުމުންދޫގެ ބަނދަރު ބައްތިތަކާއި މަގު ބައްތިތަކުން ކަރަންޓް ކަނޑާލައިފިއެވެ. މިހެންކަމުން މިރޭ ބަނދަރު ބައްތިތަކާއި މަގު ބައްތިތައް ދިއްލިފައެއް ނުވެއެވެ.

މިކަމާގުޅުންހުރި ފަރާތްތަކުގެ ރަސްމީ ބަހެއް ކުމުންދޫ އޮންލައިން އަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އާންމުންގެ ބައެއް މީހުން ކުމުންދޫ އޮންލައިން އަށް މަޢުލޫމާތު ދިންގޮތުގައި ފެނަކަ ކޯޕަރޭޝަނުން އެ ބައްތިތަކުން ކަރަންޓް ކަނޑާލާފައިވަނީ ކުމުންދޫ ކައުންސިލުން އެ ބައްތިތަކުގެ ކަރަންޓް ޚަރަދު ދައްކާފައިނުވާތީކަމަށް ބުނެއެވެ. އަދި ކުމުންދޫ ކައުންސިލަށް އެ ކަރަންޓް ޚަރަދު ދެއްކިފައިނުވަނީ އެކަމަށް ޚަރަދުކުރާނެ ފައިސާ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކުމުންދޫ ކައުންސިލަށް ހަމަޖައްސައިދީފައި ނުވާތީކަމަށް ބުނެއެވެ.

ކުމުންދޫ ކައުންސިލުން މިއަދު މެންދުރުފަހު މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، ކައުންސިލުން އެ ބައްތިތަކަށް ދައްކަންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދޭހާ އަވަހަކަށް ދައްކާނެކަމަށް ބުނެފައިވެއެވެ.

No comments