Header Ads

ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޝަހީދު ޢަލީ ހައުސް ހޯދައިފި

ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ޣާޒީ ހައުސް އާއި ޝަހީދު ޢަލީ ހައުސް ބައްދަލުކޮށް 26-8 ން ޣާޒީ ހައުސް ބަލިކޮށް މިމުބާރާތުގެ ޗެންޕިއަންކަން ޝަހީދު ޢަލީ ހައުސް ހޯދައިފިއެވެ. މިމެޗްގެ ކްއީން އޮފް ދި މެޗަށް ހޮވިފައިވަނީ ޝަހީދު ޢަލީ ހައުސްގެ ނައުފާ އިބްރާހީމްއެވެ.

މިއަދު ހަވީރު ކުމުންދޫ ސްކޫލްގެ ހުޅަނގު ފަރާތުގެ ހުސްބިމުގައި ހަވީރު ކުޅެވުނު މިފައިނަލް މެޗް ނިމުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ޓްރޮފީއާއި އިނާމް އަދި ހަނދާނީލިޔުން ދީފައިވެއެވެ. މިގޮތުން އޮފިޝަލުން ގޮތުގައި މަސައްކަތްކުރެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީލިޔުން ދީފައިވެއެވެ.

މިމުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި އެކި ގޮތްގޮތުން ހޮވުނު ކުޅުންތެރިންނަށްވެސް ހަނދާނީލިޔުން ދީފައިވެއެވެ. މިގޮތުން މިމުބާރާތުގައި އެންމެ ގިނަ ގޯލް ޝޫޓްކުރި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަހީދު ޢަލީ ހައުސްގެ ޖީއޭ ނައުފާ އިބްރާހީމްއެވެ. މިމުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރަވީ ހައުސްގެ ސެންޓަރ ދުންޔާ ޢަލީއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަހީދު ޢަލީ ހައުސްގެ ސެންޓަރ ރާއިދާ މޫސާއެވެ.

މިމުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ ސާއިދާ ޙަސަން (ހުރަވީ ހައުސް)، ނައުފާ އިބްރާހީމް (ޝަހީދު ޢަލީ ހައުސް)، ރާއިދާ މޫސާ (ޝަހީދު ޢަލީ ހައުސް)، އަފްރާޙް އާދަމް (ޣާޒީ ހައުސް)، ފާތިމަތު ސާރިއާ (ޝަހީދު ޢަލީ ހައުސް)، އުލްފާ ހުސައިން (ޝަހީދު ޢަލީ ހައުސް)، ހަލީމަތު ޢަބްދުﷲ (ޝަހީދު ޢަލީ ހައުސް) އެވެ.

މިއަދުގެ ފައިނަލް މެޗަށް ފަހު ބޭއްވި ރަސްމިއްޔާތު ނިންމާލާފައިވަނީ މި މުބާރާތުގައި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ކުމުންދޫ ސްކޫލުން ޝުކުރު އަދާކުރުމަށްފަހުގައެވެ. މިގޮތުން މިމުބާރާތުގެ ކޯ ސްޕޮންސަރ ޑައިރެކްޓް ލޮޖިސްޓިކްސް އަށާއި ދިޔަރެސް ފިހާރައަށާއި މިމުބާރާތުގެ އެންމެހައި މަސައްކަތެއްގައި ހަރަކާތެރިވެ، އެހީތެރިވި އެންމެހައި ފަރާތްތަކުގެ ނަންތައް ފާހަގަކޮށްފައިވެއެވެ.

No comments