Header Ads

ކުމުންދޫ ބަނދަރު ބައްތިތަކާއި މަގު ބައްތިތަކަށް އަލުން ކަރަންޓްދީފި

ފެނަކަ ކޯޕަރޭޝަން ހދ.ކުމުންދޫ ބްރާންޗުން ކުމުންދޫ ބަނދަރު ބައްތިތަކާއި މަގު ބައްތިތަކަށް އަލުން ކަރަންޓްދީފިއެވެ. މިގޮތުން ކަރަންޓް ދީފައިވަނީ މިރޭ ގާތްގަނޑަކަށް 7.45 ހާކަންހާއިރުގައެވެ. މި ބައްތިތަކުން ކަރަންޓް ކަނޑާލާފައިވަނީ މިއަދު ހެނދުނުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިކަމާގުޅުންހުރި ފަރާތްތަކުގެ ރަސްމީ ބަހެއް ކުމުންދޫ އޮންލައިން އަށް ލިބިފައި ނުވާތީ އަލުން ކަރަންޓްދިނީ ކިހިނެއްވެގެންކަން ވެސްވަނީ ސާފުވާގޮތް ނުވެފައެވެ.

މިއަދު އާންމުންގެ ބައެއް މީހުން ކުމުންދޫ އޮންލައިން އަށް މަޢުލޫމާތު ދިންގޮތުގައި ފެނަކަ ކޯޕަރޭޝަނުން އެ ބައްތިތަކުން ކަރަންޓް ކަނޑާލާފައިވަނީ ކުމުންދޫ ކައުންސިލުން އެ ބައްތިތަކުގެ ކަރަންޓް ޚަރަދު ދައްކާފައިނުވާތީކަމަށް ބުނެއެވެ. އަދި ކުމުންދޫ ކައުންސިލަށް އެ ކަރަންޓް ޚަރަދު ދެއްކިފައިނުވަނީ އެކަމަށް ޚަރަދުކުރާނެ ފައިސާ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކުމުންދޫ ކައުންސިލަށް ހަމަޖައްސައިދީފައި ނުވާތީކަމަށް ބުނެއެވެ.

ކުމުންދޫ ކައުންސިލުން މިއަދު މެންދުރުފަހު މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، ކައުންސިލުން އެ ބައްތިތަކަށް ދައްކަންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދޭހާ އަވަހަކަށް ދައްކާނެކަމަށް ބުނެފައިވެއެވެ.


No comments