Header Ads

ބަނދަރުގެ ފައިކަށީގައި ޖަހާފައިވާ ނެރު ބައްތި ދަނޑިއާއެކު ވެއްޓިއްޖެ

ކުމުންދޫ ބަނދަރުގެ ހުޅަނގު ފައިކަށީގައި ޖަހާފައިވާ ނެރު ބައްތި ދަނޑިއާއެކު ވެއްޓިއްޖެއެވެ. ބައެއް މީހުން ބުނާގޮތުން މި ބައްތި ދަނޑިއާއެކު ވެއްޓިފައިވަނީ އިއްޔެ އިރު އޮއްސުނު ފަހުންނެވެ. އަދި މި ބައްތި ދަނޑިއާއެކު ވެއްޓެން ދިމާވިކަމަށް ލަފާކުރެވެނީ ބަނދަރުގެ ނެރަށް ބިންދާ ބިޔަ ރާޅުގެ ސަބަބުންކަމަށެވެ.

މި ބައްތި ދަނޑިއާއެކު ވެއްޓިފައިވަނީ ބަނދަރުގެ ހުޅަނގު ފައިކަށީގެ ހުޅަނގު ފަރާތު ރާޅު ޖަހާ ހިސާބަށެވެ. އަދި މިބައްތި ދަނޑީގެ ބުޑުގައްޔާއި ތޮށިގަނޑުގައި، ބައްތި ދަނޑީގެ ބުޑަށް އަޅާފައިވާ ކޮންކްރީޓްގަނޑު ނައްޓައިގެން ގޮސްފައިވާތަން ފެންނަން ހުރިއިރު، މިބައްތި ހުރި ހިސާބު ތޮށިގަނޑުން ބައެއް ހިލަތައް ވެއްޓިފައިވާކަން ފާހަގަކުރެވެއެވެ.

No comments