Header Ads

ކުމުންދޫގައި އިމާމްވެ ތަރާވީޙް ނަމާދުކުރަން ގެނައި ޙާފިޒް ބޭސްފަރުވާއަށް މާލެ ފޮނުވައިފި

މި ރަމަޟާންމަހު ކުމުންދޫގައި ޙިފުޡުކޮށް އިމާމްވެ ތަރާވީޙް ނަމާދުކުރުމަށް ގެނައި ޙާފިޒު ބަލިވުމުގެ ސަބަބުން ބޭސްފަރުވާއަށް މާލެ ފޮނުވައިފިއެވެ. މިގޮތުން ޙާފިޒު ބޭސްފަރުވާކުރުމަށް މާލެ ފޮނުވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ވައިގެ މަގުންނެވެ.

ޙާފިޒު އިއްޔެއިން ފެށިގެން ބަލިވެ އުޅުމުގެ ސަބަބުން ކުމުންދޫ ސިއްޙީ މަރުކަޒުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.

No comments