Header Ads

ކަންނެލި ދޯންޏެއް ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބިރުވެރި ޙާދިސާއެއް ހިނގައިފި

މިއަދު ހަވީރު ފަހެއް ޖަހާލާއިރު "ރޯޝަން" ކަންނެލި ދޯނި ކުމުންދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބިރުވެރި ޙާދިސާއެއް ހިނގައިފިއެވެ.

"އެ ވަގުތު ނެރުގަނޑު ގަދައެއް ނޫން. މަޑުކޮށް އޮތީ. ދޯނި ބަނދަރަށް ވަންނަމުން އައިސް ނެރުގެ ފައިކަށްޓަށް އަރާ ދޯނި ހުރަސްވީ. ދެން ދޯނި ފަހަތަށް ޖެހީ. އެވަގުތު ދޯންޏަށް ބަނދަރަށް ވަދެވުނީ. އެ ވަގުތު ވަރަށް ދެރަވި" މަންޒަރު ދުށް މީހަކު ބުންޏެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަދި ދޯންޏަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

No comments