Header Ads

ކުމުންދޫ ބަނދަރުގައި ބާނި ގަދަވުމުގެ ސަބަބުން ނޭކުރެންދޫ ނަޞްރު ބޯޓުން މުދާ ބޭލުމަށް ދަތިވެއްޖެ

ކުމުންދޫ ބަނދަރުގައި ބާނި ގަދަވުމުގެ ސަބަބުން ނޭކުރެންދޫ ނަޞްރު ބޯޓަށް ކުމުންދޫއަށް ބާލަންޖެހޭ މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވެއްޖެއެވެ. މިބޯޓަށް މުދާބެލުމުގައި ދަތިތަކާ ކުރިމަތިވީ ކުމުންދޫ އަށް ބާލަންޖެހޭ މުދާބޭލުމަށް މިބޯޓް ކުމުންދޫއަށް އައިއިރު ކުމުންދޫ ބަނދަރުގައި ބާނި ގަދަވުމުގެ ސަބަބުން ވާޓަރާ ބޯޓް ކައިރިކުރެވޭގޮތް ނުވުމުންނެވެ. މިހެންކަމުން މިބޯޓުން ކުމުންދޫއަށް ބާލަންޖެހޭ ހުރިހާ މުދަލެއް މިއަދު ބޭލިފައެއް ނުވެއެވެ.

"އެ ބޯޓް ލެފީ މެންދުރުކުރިން. ބޯޓް ވާޓަރާ ގާތްކުރެވޭގޮތެއް ނުވި ބަނދަރުގަ ބާނި ގަދަވުމުގެ ސަބަބުން. ވާޓަރާ ގާތްކޮށްފިނަމަ އެ ބޯޓަށް ގެއްލުންވެދާނެތީ. މިހެންވެ ބޯޓް އަޅާފައިއޮތީ ވާޓަރާ ދުރުގަ. ހަވީރުވިފަހުން ކޮންމެވެސް ވަރަކަށް މުދާ ބާލާފަވަނީ ބޮއްކުރާއެއްގަ" މަންޒަރު ދުށް މީހަކު ކުމުންދޫ އޮންލައިން އަށް ބުންޏެވެ.

ކޮންމެ މޫސުމެއްގައި ވިޔަސް ދޭތެރެ ދޭތެރެއިން ކުމުންދޫ ބަނދަރުގައި ބާނި ގަދަވެއެވެ. ބައެއް މީހުން ބުނާގޮތުގައި ބަނދަރުގައި ބާނި ގަދަވަނީ ބަނދަރުގެ ނެރު ހަދާފައި އޮންނަގޮތުންކަމަށެވެ.


No comments