Header Ads

ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތުގައި 3 ޓީމު ބައިވެރިވެފައިވާއިރު މިމުބާރާތުގެ މެޗްތައް މިމަހު 08 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޝަހީދު ޢަލީ ހައުސް، ޣާޒީ ހައުސް އަދި ހުރަވީ ހައުސް އެވެ.

މިމުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރީ ޝަހީދު ޢަލީ ހައުސް އާއި ޣާޒީ ހައުސް އެވެ. މިގޮތުން މިމެޗު ޝަހީދު ޢަލީ ހައުސް އިން ކާމިޔާބުކޮށްފައިވަނީ 0-1 ން ކުރިހޯދައިގެންނެވެ. މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ޣާޒީ ހައުސްގެ ޖާޒީ ނަންބަރު 19 މިފްޒާލް އާދަމްއެވެ.

މިމުބާރާތުގެ ދެވަނަ މެޗް އޮންނާނީ މިމަހުގެ 4 ވަނަ ދުވަހު ހަވީރު 4.15 ގައެވެ. މިމެޗްގައި ބައްދަލުކުރާނީ ޣާޒީ ހައުސް އާއި ހުރަވީ ހައުސް އެވެ. މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ސްކޫލު ފުޓްބޯޅަ ދަނޑުގައެވެ.

No comments