Header Ads

އިލެކްޝަންސް ކޮމިޝަނުން ކުމުންދޫ ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކޮށްފި

ހދ.އަތޮޅު ކުމުންދޫ ކައުންސިލްގެ އިދާރާ / ފޮޓޯ: ކުމުންދޫ އޮންލައިން
އިލެކްޝަންސް ކޮމިޝަނުން 2017 މޭ 06 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު 2017 ގެ ހދ.އަތޮޅު ކުމުންދޫ ކައުންސިލްގެ ރަސްމީ ނަތީޖާ ޢިއުލާނުކޮށްފިއެވެ. މިރަސްމީ ނަތީޖާއަށް ބަލާއިރު ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްވާކަން ފާހަގައެއް ނުވެއެވެ
އިލެކްޝަންސް ކޮމިޝަނުން މިކަމަށް ކޮށްފައިވާ އިޢުލާނުގައިވާގޮތުން މިކުމުންދޫ ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އަމީން މުޙައްމަދު އަށް ލިބިފައިވަނީ 346 ވޯޓެވެ. ޢަލީ އަންވަރު އަށް ލިބިފައިވަނީ 319 ވޯޓެވެ. ސީމާ ޢަބްދުއްރަޙީމް އަށް ލިބިފައިވަނީ 236 ވޯޓެވެ. ޢަލީ ޤާސިމް އަށް ލިބިފައިވަނީ 393 ވޯޓެވެ. ފަރުޙާން ޢަބްދުލްޙަމީދު އަށް ލިބިފައިވަނީ 251 ވޯޓެވެ. އަކްރަމް ޢަބްދުﷲ ނަޞީރު އަށް ލިބިފައިވަނީ 274 ވޯޓެވެ. ޢަބްދުﷲ ރަޝީދު އަށް ލިބިފައިވަނީ 27 ވޯޓެވެ. އަދި އަޙްމަދު މުޖުތަބާ އަށް ލިބިފައިވަނީ 113 ވޯޓެވެ. އަދި މިއިޢުލާނުގައިވާގޮތުން ޖުމްލަ ވޯޓަކީ 2199 ވޯޓެވެ. އެއީ ޞައްޙަ ވޯޓް 1959 އާއި ނުދޭ ވޯޓް 153 އާއި ބާޠިލް ވޯޓް 87 އެވެ.

ކުމުންދޫ ކައުންސިލަށް ހޮވުނު ޢަލީ ޤާސިމް އާއި އަމީން މުޙައްމަދު އަދި ޢަލީ އަންވަރު ކައުންސިލްކަމުގެ ހުވާކުރުން އޮންނަނީ މިއަންނަ މަހުގެ 3 ވަނަ ދުވަހެއެވެ.

No comments