Header Ads

ކުމުންދޫން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޙަފުލާއެއް ބާއްވައިފި

ލޯކަލް ކައުންސިލް އިންތިޚާބު 2017 ގައި ހދ.އަތޮޅު ކުމުންދޫ ކައުންސިލަށް 3 ކައުންސިލަރަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ވާދަކުރި އެމްޑީޕީ 3 ކެނޑިޑޭޓުންނަށް ކުމުންދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން "ތިނެއް ސުމެއް" ނަމުގައި ރޭ ކުމުންދޫގައި ޙަފުލާއެއް ބާއްވައިފިއެވެ. މިޙަފުލާ ބާއްވާފައިވަނީ ކުމުންދޫ އެމްޑީޕީ ހަރުގޭގައި ރޭ 8.30 ގައެވެ. މިޙަފުލާއަށް ކުމުންދޫގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތުދީފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2017 ގައި ކުމުންދޫ ކައުންސިލަށް އިންތިޚާބުކުރަނީ 3 ކައުންސިލަރުންނެވެ. މިއިންތިޚާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ވާދަކުރިއިރު، މިއިންތިޚާބު، މިފަހަރު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ 3 ކެނޑިޑޭޓުންކަމުގައިވާ ޢަލީ ޤާސިމް (ނަޞްރުއްޞަބާ، ހދ.ކުމުންދޫ) އާއި އަމީން މުޙައްމަދު (ސެލްވިޔޯ، ހދ.ކުމުންދޫ) އަދި ޢަލީ އަންވަރު (އިރުފާ، ހދ.ކުމުންދޫ) އެވެ.

No comments