Header Ads

ކުމުންދޫ ސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

ކުމުންދޫ ސްކޫލުން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ކުމުންދޫ ސްކޫލުން ވަނީ މިއަދު ހެނދުނު ޚާއްސަ އެސެންބުލީއެއް ބާއްވާފައެވެ. އަދި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މިހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ކުޑަކުދިންނަށް ހަދިޔާވެސް ދީފައިވެއެވެ.

ކުމުންދޫ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ޚާއްސަ އެސެންބުލީގައި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ބައިވެރިވެފައިވެއެވެ.

ކުމުންދޫ ސްކޫލުން މިއަދު ހަވީރު 4.15 ގައި ސްކޫލް ކުޅޭބިމުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތްތަކުގެ ތެރޭގައި ތައުލީމާއި ހުނަރާއި ކުޅިވަރުގެ ހަރަކާތްތައް ވެސް ހިމެނެއެވެ. މިގޮތުން ބަލާއިރު، ފޮޓޯ ނެގުމާއި ފެންބޯޅައާއި ތަސްވީރާއި ކުލަޖެއްސުމާއި ޕަޒަލްކުޅުމާއި ބޯޅަ ސޫޓްކުރުމާއި މަސްބޭނުމާއި ދަޅުވައްޓާ ކުޅުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ޓީޗަރުންގެ ފަރާތުން ޕަޕެޓް ޝޯވއެއް ވެސް ވަނީ ހުށަހަޅާދީފައެވެ. 

No comments