ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ނެޓްބޯޅަ
މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތުގައި 3 ޓީމު ބައިވެރިވެފައިވާއިރު
މިމުބާރާތުގެ މެޗްތައް މިމަހު 07 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް
ހަމަޖެހިފައިވެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޝަހީދު ޢަލީ
ހައުސް، ޣާޒީ ހައުސް އަދި ހުރަވީ ހައުސް އެވެ.
މިމުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރީ
ޝަހީދު ޢަލީ ހައުސް އާއި ޣާޒީ ހައުސް އެވެ. މިގޮތުން މިމެޗު ޝަހީދު ޢަލީ ހައުސް އިން
ކާމިޔާބުކޮށްފައިވަނީ 04 ޕޮއިންޓް 18 ޕޮއިންޓުން ކުރިހޯދައިގެންނެވެ. މިމެޗްގެ ކުއީން
އޮފް ދި މެޗަށް ހޮވިފައިވަނީ ޝަހީދު ޢަލީ ހައުސްގެ ސެންޓަރ ރާއިދާ މޫސާއެވެ.
މިމުބާރާތުގެ ދެވަނަ މެޗް އޮންނާނީ މިމަހުގެ 3 ވަނަ
ދުވަހު ހަވީރު 4.15 ގައެވެ. މިމެޗްގައި ބައްދަލުކުރާނީ ޣާޒީ ހައުސް އާއި ހުރަވީ
ހައުސް އެވެ. މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ކުމުންދޫ ސްކޫލްގެ ހުޅަނގު
ފަރާތުގައި އޮންނަ ކުޅޭ ސަރަޙައްދުގައެވެ.
No comments