Header Ads

ކުމުންދޫ ހިމެނޭގޮތަށް ހދގެ 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމުކުރުމަށް އީއައިއޭ ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުމުންދޫ ހިމެނޭގޮތަށް ހދ އަތޮޅުގެ 5 ރަށެއްގައި ލޮނުފެން މީރުފެން އުފައްދާ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރާ ޓޭންކް ބަހައްޓައި އިޖްތިމާއީ އިސްކުރުބަރީގެ އެހީގައި ފެން ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަށް އީއައިއޭ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކޮށްފިއެވެ.

މިއިޢުލާނުގައި މިކަމަށް އަލުން އިޢުލާނުކުރީ ކުރިންކުރި އިޢުލާނަށް ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުންކަމަށް ބުނެފައިވެއެވެ. މިމަޝްރޫޢުގައި ކުމުންދޫގެ އިތުރުން ހދ.އަތޮޅުން ހިމެނޭ ރަށްތަކަކީ ހދ.ނެއްލައިދޫ އާއި ހދ.މަކުނުދޫ އާއި ހދ.ވައިކަރަދޫ އަދި ހދ.ނޮޅިވަރަމް އެވެ.

މިއީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމްއީއީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

No comments