Header Ads

ކުމުންދޫ ކައުންސިލްގެ 3 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

ހދ.ކުމުންދޫގައި ވޯޓް ގުނަނީ. ފޮޓޯ: ސޯސަލް މީޑިއާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ހދ.ކުމުންދޫ ކައުންސިލްގެ 3 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. މިގޮތުން ބަލާއިރު، އެންމެ ގިނަ ވޯޓް ލިބިފައިވަނީ ހދ.ކުމުންދޫ ނަޞްރުއްޞަބާ ޢަލީ ޤާސިމް އަށެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބިފައިވަނީ ހދ.ކުމުންދޫ ސެލްވިޔޯ އަމީން މުޙައްމަދު އަށެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓް ލިބިފައިވަނީ ހދ.ކުމުންދޫ އިރުފާ ޢަލީ އަންވަރުއަށެވެ.

މިއިންތިޚާބުގައި ހދ.ކުމުންދޫގައި ބެހެއްޓުނު ވޯޓް ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާލާއިރު، އަމީން މުޙައްމަދު އަށް 244 ވޯޓް، ޢަލީ އަންވަރު އަށް 234 ވޯޓް، ސީމާ ޢަބްދުއްރަޙީމް 180 ވޯޓް، ޢަލީ ޤާސިމް 284 ވޯޓް، ފަރުޙާން ޢަބްދުލްޙަމީދު 190 ވޯޓް، އަކްރަމް ޢަބްދުﷲ ނަޞީރު 196 ވޯޓް، ޢަބްދުﷲ ރަޝީދު 23 ވޯޓް، އަދި އަޙްމަދު މުޖުތަބާ 79 ވޯޓް ލިބިފައިވެއެވެ.

މިއިންތިޚާބުގައި މާލޭގައި ބެހެއްޓުނު ވޯޓް ފޮށްޓަށް ކުމުންދޫ ކައުންސިލަށް ވޯޓްލާފައިވާ ވޯޓްގެ ވަގުތީ ނަތީޖާއަށް ބަލާލާއިރު، އަމީން މުޙައްމަދު އަށް 44 ވޯޓް، ޢަލީ އަންވަރު އަށް 35 ވޯޓް، ސީމާ ޢަބްދުއްރަޙީމް 27 ވޯޓް، ޢަލީ ޤާސިމް 48 ވޯޓް، ފަރުޙާން ޢަބްދުލްޙަމީދު 28 ވޯޓް، އަކްރަމް ޢަބްދުﷲ ނަޞީރު 38 ވޯޓް، ޢަބްދުﷲ ރަޝީދު 1 ވޯޓް، އަދި އަޙްމަދު މުޖުތަބާ 17 ވޯޓް ލިބިފައިވެއެވެ.

މިފަހަރު ކުމުންދޫ ކައުންސިލަށް އިންތިޚާބުކުރަނީ 3 ކައުންސިލަރުންނެވެ. މިއިންތިޚާބުގައި ހދ.ކުމުންދޫގައި ބެހެއްޓުނު މަކުނުދޫ ދާއިރާގެ ވޯޓް ފޮށީގެ ވަގުތީ ނަތީޖާއަކީ މުޙައްމަދު އިޤްނާޛް 194 ވޯޓް އަދި އިބްރާހީމް ޢަލީ 256 ވޯޓްއެވެ.

No comments