Header Ads

މަތީ ޘާނަވީ ގަދަ 10 ގައި ކުމުންދޫ ދަރިވަރަކު ހިމެނިއްޖެ

2016 ވަނަ އަހަރުގެ މަތީ ޘާނަވީ އިންތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ޖަލާލުއްދީން ސްކޫލުގައި ތަޢުލީމް ޙާޞިލްކުރި ކުމުންދޫ ދަރިވަރަކު ހިމެނިއްޖެއެވެ. މިގޮތުން 3އޭ އާއި 2ބީ ހޯދައިގެން މަތީ ޘާނަވީ ގަދަ 10 ގެ 4 ވަނާގައި ހިމެނިފައިވަނީ މިރަށު ގިރިޓީގޭ ޢަލީ ނާޖިޙް އެވެ.

މަތީ ޘާނަވީ ގަދަ 10 ގައި ޖަލާލުއްދީން ސްކޫލްގައި ތަޢުލީމް ޙާޞިލްކުރި 3 ދަރިވަރަކު ހިމެނިފައިވެއެވެ. މިގޮތުން އެއީ ޢަލީ ނާޖިޙްގެ އިތުރުން 2އޭ ސްޓާރ އާއި 2އޭ އާއި 1ބީ ހޯދައިގެން މަތީ ޘާނަވީ ގަދަ 10 ގެ 2 ގައި ހިމެނިފައިވާ އާމިނަތު ހުމައިދާ އާއި 3އޭ އާއި 1ބީ އާއި 1ސީ ހޯދައިގެން މަތީ ޘާނަވީ ގަދަ 10 ގެ 5 ވަނާގައި ހިމެނިފައިވާ ޢާއިޝަތު ޖަޒީލާ ޙުސައިން އެވެ.

No comments