Header Ads

މާރަންދޫ ޓީމުގެ މައްޗަށް ކުޅުދުއްފުށީ ޓީމުން ކުރި ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް2017ގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގެ މެޗް ކުޅުދުއްފުށީ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހއ.ހޯރަފުށީގައި ކުޅުނު މި މެޗްގައި މިނިވަން ޗެމްޕިއަންޝިޕް2017ގެ ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ޓީމް ކާމިޔާބުކުރީ މިނިވަން ޗެމްޕިއަންޝިޕް2017ގެ ހއ.އަތޮޅު ޗެމްޕިއަން މާރަންދޫ ޓީމާ ވާދަކޮށް 2-0 ން ނެވެ.

ކުޅުދުއްފުށީ ޓީމުން ޖެހި 2 ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މާރަންދޫ ޓީމާއި ކުޅުދުއްފުށީ ޓީމް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗް އޮންނާނީ 2017 އޭޕްރީލް 11 ވަނަ ދުވަހު 15.45 ގައި ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައެވެ.

No comments