Header Ads

މިނިވަންޗެންޕިއަންޝިޕްގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޓީމު ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް 2017 ހދ އަތޮޅު މުބާރާތުގެ ފައިނަލް މެޗުގައި ހދ.ކުޅުދުއްފުށީ ޓީމާއި ހދ.ހަނިމާދޫ ޓީމް ބައްދަލުކޮށް 3-1 ން ހަނިމާދޫ ޓީމް ބަލިކޮށް ކުޅުދުއްފުށީ ޓީމުން ޗެންޕިއަންކަން ހޯދައިފިއެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުމަށް ބަލާލާއިރު، ފުރަތަމަ ލަނޑު ޖަހާފައިވަނީ ހަނިމާދޫ ޓީމުންނެވެ. އަދި އެއަށްފަހު ކުޅުދުއްފުށީ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ނަތީޖާ 1-1 ން އެއްވަރު ކުރިއެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު ނަތީޖާއަކީ ކުޅުދުއްފުށި 1 އަދި ހަނިމާދޫ 1 އެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުމަށް ބަލާލާއިރު، ހަނިމާދޫ ޓީމަށް ޕެނަލްޓީއެއް ލިބި ނާކާމިޔާބުވިއިރު، ކުޅުމުގެ ތެރެއިން ކުޅުދުއްފުށީ ޓީމުން ލަނޑެއް ޖަހައި ނަތީޖާ 2-1 ށް ބަދަލުކޮށް ކުޅުދުއްފުށީ ޓީމުން ކުރި ހޯދިއެވެ. މިލަނޑާއެކު ކުޅުދުއްފުށީ ޓީމުގެ ކުޅުންތެރިޔާ ޖާޒީ ބޭލުމުގެ ސަބަބުން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ބެލުމުގެ ސަބަބުން ކުޅުދުއްފުށީ ޓީމުން ކުޅެފައިވަނީ 1 ކުޅުންތެރިޔަކު މަދުކޮށެވެ. އެހެންނަމަވެސް މިގޮތަށް ކުޅުމުގެ ތެރޭގައި އަނެއްކާވެސް ކުޅުދުއްފުށީ ޓީމުން ލަނޑެއް ޖަހައި ނަތީޖާ 3-1 ށް ބަދަލުކޮށް ކުޅުދުއްފުށީ ޓީމުން ކާމިޔާބު ހޯދިއެވެ.

މިމެޗް ކުޅެފައިވަނީ މިއަދު ހަވީރު ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. ޒޯން ގައި ކުޅުދުއްފުށީ ޓީމުން ބައްދަލުކުރަން ޖެހޭނީ ހއ އަތޮޅު ޗެމްޕިއަން މާރަންދޫ އާއެވެ. މި މެޗް އޮންނަނީ 2017 އޭޕްރީލް 8 ވަނަ ދުވަހުގެ 15.45 ގައި ހއ.ހޯރަފުށީގައެވެ.

No comments