Header Ads

ނިޔަމި ކޯހުގެ ފުރަތަމަ ބުރުގެ ކިޔެވުން ފަށައި، ނިޔަމި ކޯހުގެ ދެވަނަ ބުރެއް ބާއްވަނީ

ނިޔަމި ކޯހުގެ ފުރަތަމަ ބުރުގެ  ކިޔެވުން ފަށައިފި. ފޮޓޯ:ކުމުންދޫ ކައުންސިލް
ހދ.ކުމުންދޫގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ފުރަތަމަ ބުރުގެ ކިޔެވުން މިއަދު ފަށައި، ނިޔަމި ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް ކުމުންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ފުރަތަމަ ބުރުގެ ކިޔެވުން ކުރިއަށް ދަނީ  04 އޭޕްރީލް 2017 ން 06 އޭޕްރީލް 2017 ގެ ނިޔަލަށެވެ.

ކުމުންދޫ ކައުންސިލުން ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 07 އޭޕްރީލް 2017 ން 09 އޭޕްރީލް 2017 ގެ ނިޔަލަށެވެ. މިބުރުގައިވެސް ކޯހަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކީ "ދިވެހިބަހުން ލިޔަންކިޔަން އެނގުމާއި އެއްކޮށް ކަނޑައި ގެއްލައި ގުނަކުރަން އެނގުމެވެ."

ނިޔަމި ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2017 އޭޕްރީލް 06 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހދ.ކުމުންދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި މިކޯހުގެ ފީއަކީ 2000 ރުފިޔާއެވެ.


No comments