Header Ads

ކުމުންދޫ ކައުންސިލުން ގަބުރުސްތާނު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި


ހދ.ކުމުންދޫ ކައުންސިލުން ގަބުރުސްތާނު ބޮޑުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ގަބުރުސްތާނަށް ބޮޑުކުރާ ބަޔަކީ ގަބުރުސްތާނުގެ އިރުމަތީ ފަރާތުގައިވާ ގަސްގަހާގެހިން ފުރިފައިވާ ސަރަޙައްދެވެ. މިއީ ސަހަރާގެ އާ ހަމައިން ކަތިމަގާދެމެދު އޮންނަ ސަރަހައްދެވެ.

ގަބުރުސްތާނު ބޮޑުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާއިރު، މިއަދުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ކުމުންދޫ ކައުންސިލް އިދާރާގެ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނާއި ބައެއް އާންމު ފަރުދުންނެވެ.

No comments