Header Ads

ފިޠުރު ޢީދުގައި ކުލަބު ސަމާއިން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވުމަށް ފުރުޞަތު ހުޅުވާލައިފި

މިއަންނަ ފިޠުރު ޢީދުގައި ހދ.ކުމުންދޫގައި ކުލަބު ސަމާއިން "ސަމާ ޢީދު ޗެލެންޖް ކަޕް 2017" ނަމުގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުމުންދޫ އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން ކުލަބު ސަމާގެ ރައީސް ނޫރައްދީން އިބްރާހީމް ވިދާޅުވީ "މި ފުޓްސަލް މުބާރާތުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙު އާލާކުރުން" ކަމަށެވެ.

މީގެ އިތުރުން ނޫރައްދީން އިބްރާހީމް ވިދާޅުވީ "މިމުބާރާތުގައި އަޅުގަނޑުމެން އަމަލުކުރާނީ ފުޓްސަލްގެ ރަސްމީ ޤަވާއިދަށް. އަޅުގަނޑުމެންގެ އުންމީދަކީ ފެންވަރު ރަނގަޅު ރެޕްރީންނާއެކު މި މުބާރާތް ކުރިއަށް ގެންދިޔުން. އުންމީދަކީ ވީހާވެސް ގިނަ ޓީމުތަކަކުން މިމުބާރާތުގައި ބައިވެރިވުން" ކަމަށެވެ.

ކުލަބު ސަމާއިން އިންތިޒާމްކޮށް ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކުލަބު ސަމާ އޮފީހުން ލިބެންހުރި އިރު، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 01 މެއި 2017 ން 15 ޖޫން 2017 ގެ ނިޔަލަށް ކުލަބު ސަމާ އޮފީހަށް ފޯމް ހުށަހަޅަންޖެހެއެވެ. މިގޮތުން ކުލަބު ސަމާ އޮފީސް ހުޅުވިފައި ހުންނަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރޭގަނޑު 9 ން 10 ށެވެ.

މިމުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7754095 ނުވަތަ 7542554 އަށް ގުޅުއްވުމަށް ކުލަބު ސަމާއިން އެދެއެވެ. 

No comments