މިނިވަންޗެންޕިއަންޝިޕް
2017 ގެ ހދގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި
ހދ.ހިރިމަރަދޫ އާއި ހދ.ކުޅުދުއްފުށީ ބައްދަލުކޮށް 0-2 ން ހދ.ކުޅުދުއްފުށީ ކުރި
ހޯދައި ފައިނަލަށް ގޮސްފިއެވެ. މިމެޗްގައި ކުޅުދުއްފުށީ ޓީމުން ފުރަތަމަ ލަނޑު
ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ.
ކުޅުދުއްފުށީ ޓީމާ ދެކޮޅަށް ފައިނަލްގައި ކުޅޭނެ
ޓީމެއް އެނގިގެންދާނީ މާދަމާ އޮންނަ ސެމީފައިނަލްގެ ދެވަނަ މެޗަށް ފަހުގައެވެ.
މާދަމާ އޮންނަ ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރަނީ ހދ.ހަނިމާދޫ އާއި
ހދ.ނޮޅިވަރަމް އެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 05 އޭޕްރީލް 2017 ދުވަހު
15.45 ގައެވެ.
No comments