Header Ads

ޒޯން 1 ގެ ޗެންޕިއަންކަން ކުޅުދުއްފުށީ ޓީމު ހޯދައިފި

މިނިވަންޗެންޕިއަންޝިޕް 2017 ގެ ހއ އަތޮޅުގެ ޗެންޕިއަން ހއ.މާރަންދޫ ޓީމް ބަލިކޮށް މިނިވަންޗެންޕިއަންޝިޕް 2017 ގެ ހދ އަތޮޅުގެ ޗެންޕިއަން ހދ.ކުޅުދުއްފުށީ ޓީމުން ޒޯން 1ގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު މިމެޗް ކުޅުދުއްފުށީ ޓީމުން ކާމިޔާބުކުރީ މާރަންދޫ ޓީމާ ބައްދަލުކޮށް 2-1 ންނެވެ. ކުޅުދުއްފުށީ ޓީމުން ޖެހި 2 ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. އަދި މާރަންދޫ ޓީމުން ޖެހި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައެވެ.

No comments