Header Ads

ކުމުންދޫ ޓީމްގެ ދެވަނަ މެޗް ނިމިއްޖެ


މިނިވަންޗެންޕިއަންޝިޕް 2017 ގައި ހދ.ކުމުންދޫގެ ދެވަނަ މެޗް (ކުމުންދޫ / ކުޅުދުއްފުށި) މިއަދު ކުޅެފިއެވެ. މިމެޗުން ކުރިހޯދާފައިވަނީ 0-6 ން ކުޅުދުއްފުށީ ޓީމެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުމަށް ބަލާލާއިރު، ކުޅުދުއްފުށީ ޓީމުން 3 ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މި ހާފްގައި ކުމުންދޫ ޓީމްގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއްވެސް ދައްކާފައިވެއެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުމަށް ބަލާލާއިރު، މިހާފްގައި ކުޅުދުއްފުށީ ޓީމުން 3 ލަނޑުޖަހާފައިވެއެވެ. އަދި މެޗް ނިމުނުއިރު ނަތީޖާއަކީ ކުމުންދޫ 0 އަދި ކުޅުދުއްފުށި 6 އެވެ. މިހާފްގައި ކުޅުދުއްފުށީ ޓީމްގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.

މިމެޗްގައި ކުމުންދޫ ޓީމްގެ ކެޕްޓަން ސިނާން އިބްރާހީމް (ޓައްކޭ) އަށް ކުޅެވިފައެއް ނުވެއެވެ. 

No comments