Header Ads

ކުމުންދޫ ހިމެނޭ ގްރޫޕުން ސެމީފައިނަލަށް ދަތުރުކުރީ ކުޅުދުއްފުށީ ޓީމް


މިނިވަންޗެންޕިއަންޝިޕް 2017 ގެ ހދ.ކުމުންދޫ ހިމެނޭ ގްރޫޕް (ހދގެ ގްރޫޕް 1) ން ހދ.ކުޅުދުއްފުށީ ޓީމް ސެމީފައިނަލަށް ގޮސްފިއެވެ. މި ޓީމް ސެމީ ފައިނަލް އަށް ގޮސްފައިވަނީ 6 ޕޮއިންޓްއާއެކުގައެވެ.

މިނިވަންޗެންޕިއަންޝިޕް 2017 ގެ ހދގެ ގްރޫޕް 1 ގައި ހިމެނެނީ ހދ.ކުމުންދޫ އާއި ހދ.ކުރިނބީ އާއި ހދ.ކުޅުދުއްފުއްޓެވެ. މިގޮތުން މިގުރޫޕުން ހދ.ކުޅުދުއްފުއްޓަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ހދ.ކުރިނބީއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ހދ.ކުމުންދޫ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.


މިނިވަންޗެންޕިއަންޝިޕް 2017 ގެ ހދ.ކުމުންދޫ ހިމެނޭ ގްރޫޕް (ހދގެ ގްރޫޕް 1) ން ސެމީ ފައިނަލްއަށް ދަތުރުކުރި ހދ.ކުޅުދުއްފުށީ ޓީމްގެ މެޗް އޮންނާނީ 02 އޭޕްރީލް 2017 ދުވަހު ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. ސެމީފައިނަލްގައި ހދ.ކުޅުދުއްފުށީ ބައްދަލުކުރާނީ މިނިވަންޗެންޕިއަންޝިޕް 2017 ގެ ހދގެ ތިން ގްރޫޕްގެ ތެރެއިން ރަނގަޅު ދެވަނަ ޓީމެވެ.

No comments