Header Ads

ހދ.އަތޮޅު ޤުރުއާން މުބާރާތް ފަށައިފިހދ.އަތޮޅު ޤުރުއާން މުބާރާތް 1438 ހދ.ނެއްލައިދޫގައި ފަށައިފިއެވެ. މި މުބާރާތުގައި ހދ.އަތޮޅުގެ 11 ރަށަކުން ޖުމްލަ 141 ދަރިވަރުން ވާދަކުރެއެވެ. އަދި މި މުބާރާތް ހުޅުވައިދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ.
މިމަހުގެ 9 އިން 11 އަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔަވާ ގޮފިން ނުބަލާ ކިޔަވާ ގޮފިން ކިޔެވުމަށް ހަމަޖެހިފައިވެއެވެ. އަދި މި މުބާރާތް ކުރިއަށް ދަނީ ހދ.ނެއްލައިދޫ ސްކޫލުގެ ހޯލްގައެވެ. މިފަހަރު މި މުބާރާތުގައި ބައިވެރިނުވަނީ ހދ.ފިނޭ އާއި ހދ.ހިރިމަރަދޫ އެވެ.

No comments