Header Ads

ކުމުންދޫ ކައުންސިލުން ބޯޅަ ދަނޑުގެ ބިންގަނޑު އެއްވަރުކޮށް ބައެއް މަގުތައް ހަދަނީ


ހދ.ކުމުންދޫ ކައުންސިލާއި ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް އާ ގުޅިގެން ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްބޯޅަ ދަނޑު (ދެކުނު އަވަށު) ގެ ބިންގަނޑު އެއްވަރުކޮށް ބައެއް މަގުތައް ހަދަން ފަށައިފިއެވެ.

"ކައުންސިލުން މަގުތައް ހެދުމަށާއި ފުޓްބޯޅަ ދަނޑު ލެވެލް ކުރުމަށް ރިކުއެސްޓް ކޮށްފައިވާތީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް އިން ކުރިއަށް ގެންދާ މަސައްކަތެއް މިއީ" ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވިއެވެ.


މީގެ އިތުރުން އަމީން މުޙައްމަދު ވިދާޅުވީ މިމަސައްކަތުގައި ހަރަކާތްތެރިވަނީ ކުމުންދޫ ކައުންސިލްގެ މުވައްޒަފުންނާއި ޕަބްލިކް ވޯކްސްގެ މުވައްޒަފުންކަމަށެވެ. އަދި މިމަސައްކަތުގައި ޒުވާނުންގެ އެއްބާރުލުމާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމުކަމަށެވެ.

No comments