Header Ads

ހދ.ކުމުންދޫ ފުޓްބޯޅަ ޓީމް ނުކުންނަނީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުންތެރިންނާއެކު

ލިޔުނީ: ޢަލީ ޖިނާން،
މިނިވަން ޗެންޕިއަންޝިފް 2017 އަށް ހދ.ކުމުންދޫ ފުޓްބޯޅަ ޓީމް ނުކުންނަނީ 2016 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ކުމުންދޫ ޔޫތު ފުޓްބޯޅަ ކުލަބުގެ ކުޅުންތެރިންނާއެކުގައެވެ. ކުމުންދޫ ޔޫތު ފުޓްބޯޅަ ކުލަބު، 2016 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގައި ކުޅެފައިވެއެވެ.

މިހެންކަމުން މިނިވަން ޗެންޕިއަންޝިޕް 2017 ގައި ވާދަކުރާ ހދ.ކުމުންދޫ ފުޓްބޯޅަ ޓީމަކީ ތަޖުރިބާހުރި ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމެއްގެ ގޮތުގައި ބެލެވެއެވެ. މިގޮތުން ހދ.ކުމުންދޫ ފުޓްބޯޅަ ޓީމަކީ ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކުމުންދޫ ޔޫތު ފުޓްބޯޅަ ކުލަބު 2016 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރި ފަދައިން މިނިވަން ޗެންޕިއަންޝިފް 2017 ކާމިޔާބު ކުރެވިދާނެ ވަރުގަދަ ޓީމެކެވެ.


މިނިވަން ޗެންޕިއަންޝިޕް 2017 ގައި ހދ.ކުމުންދޫ ފުޓްބޯޅަ ޓީމް ފުރަތަމަ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުރިނބީ ފުޓްބޯޅަ ޓީމާ 26 މާރިޗު 2017 ދުވަހު 15.45 ގައެވެ. ހދ.ކުމުންދޫ ފުޓްބޯޅަ ޓީމް ދެވަނަ އަށް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ފުޓްބޯޅަ ޓީމާ 29 މާރިޗު 2017 ދުވަހު 15.45 ގައެވެ.

No comments