Header Ads

ކުމުންދޫ ފުޓްބޯޅަ ޓީމްގެ ލޯގޯ އާއި ޖާޒީ ރަސްމީކޮށް ދައްކާލައިފި

މިނިވަން ޗެންޕިއަންޝިޕް 2017 ގައި ބައިވެރިވެފައިވާ ހދ.ކުމުންދޫ ފުޓް ބޯޅަ ޓީމްގެ ލޯގޯ އާއި ޖާޒީ، ރޭ ކުމުންދޫ ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ދައްކާލާފިއެވެ. މިރަސްމިއްޔާތުގައި ކުމުންދޫ ފުޓް ބޯޅަ ޓީމްގެ މެންބަރުންނަށް ޓީމްގެ ޖާޒީ ވެސް ޙަވާލުކޮށްފައިވެއެވެ.

މިނިވަން ޗެންޕިއަންޝިޕް 2017 ގައި ހދ.ކުމުންދޫ ފުޓް ބޯޅަ ޓީމް ކުޅުމަށްހަމަޖެހިފައިވާ ފުރަތަމަ މެޗު އޮތީ 26 މާރިޗު 2017 ވަނަ ދުވަހު 15.45 ގައެވެ. މިމެޗުގައި ބައްދަލުކުރަނީ ހދ.ކުމުންދޫ ފުޓް ބޯޅަ ޓީމް އާއި ހދ.ކުރިނބީ ފުޓް ބޯޅަ ޓީމެވެ.

No comments