Header Ads

ކުމުންދޫގައި ނިޔަމިކަމުގެ ކޯހެއް ބާއްވަނީ


ހދ.ކުމުންދޫގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް 04 އޭޕްރީލް 2017 ން 06 އޭޕްރީލް 2017 ށް ހިންގުމަށް ހަމަޖެހިފައިވާކަމަށް ހދ.ކުމުންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ކޯހަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކީ "ދިވެހިބަހުން ލިޔަންކިޔަން އެނގުމާއި އެއްކޮށް ކަނޑައި ގެއްލައި ގުނަކުރަން އެނގުމެވެ." މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 މާރިޗު 2017 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހދ.ކުމުންދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިކޯސް އެކުލެވިގެންވަނީ ކަނޑުމަތީގެ ޤަވާއިދުތަކާއި ނެވިގޭޝަނާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުވާސަލާތީ ވަޞީލަތްތަކުގެ މައްޗަށްކަމަށާއި މިކޯހުގެ ފީއަކީ 2000 ރުފިޔާއެވެ.

No comments