Header Ads

ރަހުމަތްތެރިކަމުގެ ފުޓްބޯޅަ މެޗުން ކުމުންދޫ ޓީމް މޮޅުވެއްޖެ


ހދ.ކުމުންދޫ ފުޓްބޯޅަ ޓީމް އާއި ހދ.ނާވައިދޫ ފުޓްބޯޅަ ޓީމް ބައްދަލުކުރި ރަހުމަތްތެރިކަމުގެ ފުޓްބޯޅަ މެޗުން ހދ.ކުމުންދޫ ޓީމް 1-3 ން މޮޅުވެއްޖެއެވެ. މިމެޗު ކުޅެފައިވަނީ މިއަދު ހަވީރު ހދ.ކުމުންދޫ ދެކުނު ފުޓްބޯޅަ ދަނޑުގައެވެ.

މިނިވަން ޗެންޕިއަންޝިފް ފުޓްބޯޅަ މުބާރާތުގައި ހދ.ކުމުންދޫން ބައިވެރިވެފައިވެއެވެ. މިގޮތުން މިމުބާރާތުގެ މެޗްތަކަށް ޕްރެކްޓިސް ކުރުމުގައި މިއަތޮޅުގެ ބައެއް ރަށްރަށުގެ ފުޓްބޯޅަ ޓީމްތަކާއި ކުމުންދޫ ފުޓްބޯޅަ ޓީމް ރަޙްމަތްތެރިކަމުގެ ފުޓްބޯޅަ މެޗުތައް ކުޅެމުންދެއެވެ.

No comments