Header Ads

ކުމުންދޫ ކައުންސިލަށް 8 މީހަކު ކުރިމަތިލައިފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ.ކުމުންދޫ ކައުންސިލަށް 8 މީހަކު ކުރިމަތިލައިފިއެވެ. މިގޮތުން މިފަހަރު މި އިންތިޚާބުގައި ވާދަކުރަނީ މިހާރު ކުމުންދޫ ކައުންސިލްގައި ތިބި 3 ކައުންސިލަރުންނާއި އަލަށް ކުރިމަތިލާފައިވާ 5 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހދ.ކުމުންދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ އަމީން މުޙައްމަދު، ސެލްވިޔޯ / ހދ.ކުމުންދޫ (ކެޑިޑޭޓް ނަންބަރު 1 - އެމްޑީޕީ) އާއި ޢަލީ އަންވަރު، އިރުފާ / ހދ.ކުމުންދޫ (ކެންޑިޑޭޓް ނަންބަރު 2 - އެމްޑީޕީ) އާއި ސީމާ ޢަބްދުއްރަޙީމް، ގަހާ / ހދ.ކުމުންދޫ (ކެންޑިޑޭޓް ނަންބަރު 3 - ޕީޕީއެމް) އާއި ޢަލީ ޤާސިމް، ނަޞްރުއްޞަބާ / ހދ.ކުމުންދޫ (ކެންޑިޑޭޓް ނަންބަރު 4 - އެމްޑީޕީ) އާއި ފަރުޙާން ޢަބްދުލް ޙަމީދު، ކަށިމާގެ / ހދ.ކުމުންދޫ (ކެންޑިޑޭޓް ނަންބަރު 5 - ޕީޕީއެމް) އާއި އަކްރަމް ޢަބްދުﷲ ނަޞީރު، ގިރިޓީގެ / ހދ.ކުމުންދޫ (ކެންޑިޑޭޓް ނަންބަރު 6 - ޕީޕީއެމް) އާއި ޢަބްދުﷲ ރަޝީދު، ދަފްތަރު. ނަންބަރު 775 / މާލެ (ކެންޑިޑޭޓް ނަންބަރު 7 - އަމިއްލަ) އާއި އަޙްމަދު މުޖުތަބާ، ނަރުގިސްވިލާ / ހދ.ކުމުންދޫ (ކެންޑިޑޭޓް ނަންބަރު 8 - ޖޭޕީ) އެވެ.

No comments